ޕީއެސްޖީ އަތުން މޮޅުވެ ބާސެލޯނާ އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ޕީއެސްޖީއާއި ބާސެލޯނާ ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލުގެ އުންމީދު ބާސާއިން ބޮޑުކޮށްފިއެވެ.

ޗެމްޕިއަނސް ލީގު ފަސްފަހަރު ކާމިޔާބު ކޮށްފައިވާ ބާސާއިން، އެންމެ ފަހުން ޗެމްޕިއަނސް ލީގުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފައި ވަނީ 2020 ވަނަ އަހަރުއެވެ. ފާއިތުވި ދެ ސީޒަންގައި ގްރޫޕް ސްޓޭޖުން ކެޓިނަމަވެސް މި ސީޒަންގައި ކުޅުން ރަނގަޅުކޮށް ބާސާ މިވަނީ ސެމީގެ އުންމީދު ބޮޑުކޮށްފައެވެ.

ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީވެސް ބާސާއިންނެވެ. މި ލަނޑު 37 ވަނަ މިނެޓުގައި ޖަހައިދިނީ ރަފީނިއާއެވެ. މި ލަނޑާއިއެކު ފުރަތަމަ ހާފު ނިމުނީ ބާސާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގެ ކުޅުން ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ދެ ލަނޑުޖަހައި މެޗްގެ ލީޑު ޕީއެސްޖީހޯދިއެވެ. މިގޮތުން ޓީމްގެ ފުރަތަމަ ލަނޑު 48 ވަނަ މިނެޓުގައި ޖަހައިދިނީ ކުރިން ބާސާއަށް ކުޅުނު ޑެމްބެލޭއެވެ. އޭގެ ދެ މިނެޓް ފަހުން ޕީއެސްޖީގެ ވިޓީނިއާ ވަނީ ލަނޑުޖަހައި ޕީއެސްޖީއަށް ލީޑު ހޯދައިދީފައެވެ.

ބާސާއިން ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ ވެސް ރަފީނިއާއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ 62 ވަނަ މިނެޓުގައި ޕެޑްރީ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. ބާސާ މޮޅުވިލަނޑު 77 ވަނަ މިނެޓުގައި ޖަހައިދިނީ ކްރިސްޓެންސަންއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ގުންޑަގާން ނެގި ކޯނަރަކުން ތަނަވަސްވީ ފުރުސަތެއްގައެވެ.

މިމެޗް ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

އަދި މިދެޓީމުގެ މެދުގައި ކުޅެވޭ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގެ މެޗު ބާސެލޯނާގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަދުވަހުގެ ރޭ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މިރޭ

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލުގައި ވާދަކުރާ ހިތަދޫ ...

ކުޑަކާއްޓޭ، ބަޓިޝް، ޝާއިން ނުލާ ޤައުމީ ވޮލީ ސްކޮޑް 19 އަށް މަދުކޮށްފި

ރާއްޖޭގެ އެއްވަނަ ވޮލީ ކުޅުންތެރިންޔާ އިސްމާޢީލް ސާޖިދު (ކުޑަ ކާއްޓޭ) ނުލާ ޤައުމީ ވޮލީ ސްކޮޑް އިޢުލާންކޮށްފިއެވެ. އިސްމާޢީލް ...

ޝަރަފުއްދީން ކަޓުވާލާ ހުޅުދޫ ސްކޫލްފައިނަލަށް

މަމެން އައްޑޫސިޓީ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި  ހިތަދޫ ޝަރަފުއްދީން ސްކޫލް ކަޓުވާލާ، ހުޅުދޫ ސްކޫލް ފައިނަލަށް ދަތުރުކޮށްފިއެވެ. ...