ގޯލްގެ ތަފާތުން ބީރިކަނާއަށްވުރެ ކުރިލިބިގެން ރިވެރިން ކްއާޓާފައިނަލަށް ހޮވިއްޖެ

ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ މީދޫ ބީރިކަނާއާއި ހިތަދޫ ރިވެރިން

ޕޮއިންޓްގެ ގޮތުން އެއްވަރުވެ ގޯލްގެ ތަފާރުން ބީރިކަނާއަށްވުރެ ރިވެރިންއަށް ކުރިލިބޭތީ މީދޫ ބީރިކަނާ މުބާރާތުން ކަޓައި  ހިތަދޫ ރިވެރިން ކްއާޓާފައިނަލަށް ހޮވިއްޖެވެ.

ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގެ  ގްރޫޕް އޭގެ ފަހުމެޗަށް ރޭ ރިވެރިން  ނުކުތްއިރު  ރިވެރިންއަށް 3 މެޗުން ލިބިފައިވަނީ 3 ޕޮއިންޓެވެ.

މޮޅުވެގެން ނޫންގޮތަކަށް ރިވެރިން ކްއާޓާފައިނަލަށް ހޮވެން ނެތް ރޭގެ މެޗް ރިވެރިން ކާމިޔާބުކުރީ މީދޫ ގަންބުރި ޓީމާ ވާދަކޮށް  2 ލަނޑު 1 ލަނޑުންނެވެ.

ރިވެރިންއަށް ކްއާޓާފައިނަލުން ޖާގަ ލިބުނީ  4 މެޗު ކުޅެގެން 7 ޕޮއިންޓާއި ފައިދާ 3 ގޯލާއެކުގައެވެ.  އެޓީމު ކުޅުނު 4 މެޗްގައި 6 ގޯލް ޖެހިފައިވާއިރު އެޓީމުގެ ކޮޅަށް ވަދެފައިވަނީ 3 ގޯލެވެ. އެހެންކަމުން އެޓީމަށް ފައިދާ 3 ގޯލް ލިބިފައިވެއެވެ.

ރިވެރިންއާއި އެއްވަރަށް 7 ޕޮއިންޓް ލިބިގެން ބީރިކަނާއަށް ފައިދާ ގޯލެއް ލިބިފައިނުވާއިރު އެޓީމަށް މައިނަސް 1 ގޯލް އޮތެވެ. އެޓީމު ކުޅުނު 4 މެޗުން 7 ޕޮއިންޓް ލިބުނުއިރު އެޓީމަށް 4 މެޗްގައި ކާމިޔާބުކުރެވިފައިވަނީ  5 ގޯލެވެ. އެކަމަކު ބައިކޮޅަށް 6 ގޯލް ވަދެފައިވެއެވެ. ގޯލްގެ ތަފާތުން ރިވެރިންއަށް ކުރިލިބޭތީ އޭ ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ކްއާޓާރ ފައނަލްގެ ފުރުސަތު ލިބުނީ ރިވެރިންއަށެވެ.

މިގްރޫޕުން 10 ޕޮއިންޓް ހޯދައިގެން ގްރޫޕްގެ 1 ވަނަ ޓީމްގެ ގޮތުގައި ކުއާޓާފައިނަލަށް ހޮވިފައިވަނީ މީދޫ ޗެލެންޖާސްއެވެ.

ރޭ ރިވަރިންއާއި ގަންބުރި ބައްދަލުކޮށް ކުޅުނުމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ރިވެރިންގެ އަމީން އިބްރާހިމްއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިޔާޟް، އާޒިމަށް: ސައިޒް އޮޅިވަޑައިގެން ނޫޅުއްވާ

ޢަދާލަތު ޕާޓީއަށް ނިސްބަތްވާ ޑރ.މުޙައްމަދު އިޔާޟަށް ކީރިތި ޤުރުއާނުގެ ތަފްސީރު ކުލާސް ނެގުމުގެ ފުރުސަތު ދޭން ހެޔޮނުވާނެކަމަށް މެދު ...

ރާއްޖެއިން އޮމިކްރޯންގެ ކޭސްއެއް ފެނިއްޖެ

ކޯވިޑް-19ގެ އެންމެ ފަހުން ފެނުނު ވޭރިއަންޓް، އޮމިކްރޯން ގެ ކޭސްއެއް ރާއްޖެއިން ފެނިއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ...

ކޮވިޑް-19: ހުޅުމާލޭ ޖަލުން 6 މީހަކު ޕޮޒިޓިވް ވެއްޖެ!

ހުހުޅުމާލޭ ޖަލުން ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެކަން ކަރެކްޝަނަލް ސާވިސަސް އިން ހާމަ ކޮށްފިއެވެ. ކަރެކްޝަންސުން ހާމަކޮށްފައިވާގޮތުން ހުޅުމާލޭ ...