ޗެމްޕިއަންސް ލީގު: އާސެނަލްއާއި ބަޔާން މިއުނިކު ބައްދަލުކުރިމެޗް އެއްވަރު

ޔުއެފާ ޗެމްޕިއަންސްލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބަޔާން މިއުނިކާއި ދެކޮޅަށް އާސެނަލް އިން ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.

މިމެޗް ފަށައިގެން މެޗުގެ ވަރަށް ކުރީކޮޅު އާސެނަލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ބަކަޔޯ ސަކާ އެވެ.

ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން ބަޔާން މިއުނިކް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ސާޖް ގްނަބްރީ އެވެ.

ބަޔާން މިއުނިކުން މިމެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުނެވެ. ޕެނަލްޓީ ކާމިޔާބުކޮށް ބަޔާނަށް ލީޑު ހޯދައިދިނީ އިގިރޭސި ފޯވާޑް ހެރީ ކޭން އެވެ. މިއީ އާސެނަލްގެ ޕެނަލްޓީއޭރިއާގެ ތެރެއިިން އެޓީމުގެ ޑިފެންޑަރު ވިލިއަމް ސަލިބާ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ބަޔާނަށް ދިން ޕެނަލްޓީއެކެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގެ ކުޅުން ފަށައިގެން އާސެނަލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި އާސެނަލް އިން ވަނީ އެޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ބެލްޖިއަމްގެ ފޯވާޑް ލިއަންޑުރޯ ޓްރޮސާޑް އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިދެޓީމުގެ މެދުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗު ބަޔާން މިއުނިކްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ނިންމާލައިފި

ސަރުކާރުން އައްޑޫ ސިޓީ ފޭދޫގައި ތަރައްގީކުރަމުން އަންނަ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ. ފޭދޫ ފުޓްބޯޅަ ...

މީދޫގައި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

އައްޑޫ ސިޓީ މީދޫ ގައި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ. އައްޑޫސިކައުންސިލުން ކޮށްފައިވާ މިއިއުލާނުގައި ...

މިނިވަންކަޕް ފުޓްސަލް މުބާރާތް 2018 – މިއަދުގެ މެޗުންވެސް ތަފާތު ބޮޑު ނަތީޖާއަކުން ތައްލިހި ކާމިޔާބުކޮށްފި

މިނިވަންކަޕް ފުޓްސަލް މުބާރާތުގައި  މިއަދު ހަވީރު ކުޅެވުނުމެޗްވެސް ތަފާތު ބޮޑު ނަތީޖާއަކުން ތައްލިހި އެފްސީ މެޗް ކާމިޔާބުކޮށްފިއެވެ ހުޅުދޫ ...