ފެނަކައިގެ ހާލަތު ރަނގަޅުކޮށް، ރަށްރަށުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދޭނަން: ރައީސް

ފެނަކަ ކޯޕަރޭޝަނުގެ ޙާލަތު ރަނގަޅުކުރުމާއެކު، ރާއްޖޭގެ ރަށްތަކުގައި ކަރަންޓު ކެނޑޭ މައްސަލައަށް ރަނގަޅު ދާއިމީ ޙައްލެއް ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ “ރައީސްގެ ޖަވާބު” ޕްރޮގްރާމަށް އާންމު ރައްޔިތަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

ރާއްޖޭގެ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައާ ގުޅޭގޮތުން “ރައީސްގެ ޖަވާބު” ސިލްސިލާގެ ތެރެއިން ވ. ރަކީދޫ، މޫނިސާ ދާއޫދު ވަނީ ވަރަށް ގިނަ ރަށްރަށުގައި ކަރަންޓު ކެނޑޭކަން ފާހަގަކޮށް އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު ގިނަ ރަށްރަށަށް ކަރަންޓު ފޯރުކޮށްދޭ ކުންފުނިކަމަށްވާ ފެނަކަ ކޯޕަރޭޝަންގެ ހާލަތު ވަރަށް ގޯސް ކަމަށެވެ.

ފެނަކަ އޮތީ ހަމައެކަނި ދަރާފައި ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރަށްރަށަށް ކަރަންޓުގެ ޚިދުމަތްދިނުމަށް ބޭނުންކުރާ ޖަނެރޭޓަރު ސެޓުތަކާއި ޖެނެރޭޓަރުތަކުގެ މެއިންޓެނަންސްގެ ކަންކަންވެސް އެދެވޭގޮތެއްގައި ބަލަހައްޓާފައިނުވާކަމަށެވެ. އޭގެސަބަބުން ޖަނެރޭޓަރު ސެޓުތައް ބަދަލުކުރަންޖެހޭ ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

“މިހާރުވެސް ބައެއް ރަށްތަކަށް ޖެންސެޓުތައް ގެންގޮސް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެވިފައިވަނީ. ފެނަކައިގެ ހާލަތު ރަނގަޅުކުމާއެކީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނަން.” ރައީސް ވިދާޅުވިއެވެ.

ފެނަކައިން ފޯރުކޯށްދޭ ޚިދުމަތް ހަރުދަނާކުރުމުގެ މަސައްކަތް މިހާރުކުރަމުންގެންދާއިރު، އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަރ ޕްލާންޓްގެ 1 މެގަވޮޓްގެ ޖެނެރޭޓަރަކަށް މައްސަލަ ޖެހިގެން މިދިޔަ މަހު އެ ރަށަށް ވަނީ އައު ޖަނެރޭޓަރެއް ގެންގޮސްފައެވެ. އަދި ކުޅުދުއްފުށި ސިޓީގެ ކަރަންޓު މައްސަލަ ޙައްލުކުރުމަށް ވެސް 800 ކިލޯ ވޮޓުގެ ޖެނަރޭޓަރެއް އިންސްޓޯލްކުރުމުގެ މަސައްކަތްވެސް ފެނަކަ ކޯޕަރޭޝަނުން ވަނީ ފަށާފައެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޓީސީސީގެ އަންހެން މުވައްޒަފުންނަށް ހާއްސަ ލުއިތަކެއް

އެމްޓީސީސީގައި މަސައްކަތް ކުރާ މައިންނާއި މާބަނޑު އަންހެނުންނަށް ހާއްސަ ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ. މިކަން އެ ކުންފުނިން އިއުލާނުކުރީ ...

ކޮވިޑް 19: މިއަދު އައްޑޫސިޓީން 18 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 18 މީހުން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އައްޑޫސިޓީން 2021/8/18 ...

ސަރުކާރުގެ ކެނޑިޑޭޓަށް  ފުރުޞަތު ދިނުމަކީ މީދޫގެ ތަރައްޤީއަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއް

ސަރުކާރުގެ ކެނޑިޑޭޓަށް  ފުރުޞަތު ދިނުމަކީ މީދޫގެ ތަރައްޤީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެވެ. ...