ކޮވިޑް 19: މިއަދު އައްޑޫސިޓީން 18 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 18 މީހުން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އައްޑޫސިޓީން 2021/8/18 ވަނަ ދުވަހުގެ ހަވީރު 6:00 ން 2021/8/19 ގެ ހަވީރު 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް ނެގުނު ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 18 ސާމްޕަލްކަމަށެވެ.

  މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކުރިންޕޮޒިޓިވް ވެފައިވާ މީހުންނާއި ގާތުން ދިމަވެފައިވާ 15 މީހުންނާއި ފްލޫ ކްލިނިކަށް ދެއްކި މީހެއްގެ އިތުރުން ވަކި ތަރުތީބެއް ނެތި ގުޅިފައިވާ ރަށްރަށުން ނެގި ދެމީހެއްގެ ސާމްޕަލްއެވެ.

2021/8/19 ގެ ހަވީރު 6:00 އާއި   ހަމައަށް އައްޑޫސިޓީން ފެނުނު 18 ކޭސްގެ ތެރެއިން 8 ކޭސް މަރަދޫ އިން ފެނިފައިވާއިރު މަރަދޫފޭދުންވަނީ 6 ކޭސް ފެނިފައެވެ. އަދި ފޭދުން ފެނިފައިވަނީ 4 ކޭސްއެވެ.

އައްޑޫސިޓީގައި ކޮވިޑްޖެހިފައިވާ ބަލިމީހުން ތިބި ރަށްރަށަށް ބަލާއިރު މިވަގުތު އެންމެ ގިނަ މީހުން އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 83 މީހަކު ހިމެނެއެވެ ހިތަދޫގައި 11، ފޭދޫގައި 11 އަދި މަރަދޫފޭދޫގައި 37 އެކްޓިވް ކޭސް ހިމެނެއެވެ.

މިއާއި އެކީ އައްޑޫގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 142 މީހަކުހިމެނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ރަސްރަނި ނެޓްބޯޅަ ޗެލެންޖް މާދަމާ ހަވީރު ފަށަނީ

ހުޅުދޫ  ހެލްޕިންގ ސޯޝަލް ކެއާ އިން އިންތިޒާމުކޮށްގެން ހުޅުދޫގައި ބާއްވާ ނެޓްބޯޅަ މުބާރާތް ” އައްޑޫސިޓީ ރަސްރަނި ނެޓްބޯޅަ ...

މީޑިއާނެޓް ބޯޅަ ފިއެސްޓާ މިއަދު ދުވަހު ފަށަނީ

މީޑިއާނެޓް ބޯޅަ ފިއެސްޓާގެ ނަމުގައި ފަށާ ކުޅިވަރުގެ ޚާއްސަ ކެމްޕެއިން މިއަދު ( 14 ޖުލައި 2023 ) ...

ކޮވިޑަށް ޓެސްޓްކުރެވޭ ލެބޯޓަރީއެއް ނޫނު މާފަރު އެއަރޕޯޓުގައި ޤާއިމް ކުރަނީ

ނޫނު މާފަރު އެއަރޕޯޓުގައި ކޮވިޑަށް ޓެސްޓް ހަދާ ހަދާ ލެބޯޓަރީއެއް ޤާއިމްކުރުމުގެ މަސައްކަތް ސޮނޭވާ ރިސޯޓުން ކުރިއަށްގެންދާކަމަށް މޯލްޑިވިއަންއިން ...