ޖަމްބޭގެ ޕޯލް- ވޯޓް ދެއްވި ގިނަ ބަޔަކު ވައްސޭ އަމިއްލަ ގޮތުން ވާދަކުރުމަށް ވޯޓް ދެއްވައިފި

މީދޫ ދާއިރާއިން ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް އިއްޔެ ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީން 2 ވަނައަށް ހޮވުނު އަބްދުﷲ ވަސީމު އަމިއްލަ ގޮތުން މަޖިލިހުގެ އިންތިޚާބުގައި މީދޫ ދާއިރާއަށް ވާދަކުރަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ޖަމްބޭ  ފޭސްބުކްގައި ކުރިއަށް ގެންދާ ޖަމްބޭގެ ޕޯލްގައި މިހާތަނަށް ވޯޓް ދެއްވި ގިނަ ފަރާތްތަކުން ވަސީމު (ވައްސޭ ) އިންތިޚާބުގައި ވާދަކުރުމަށް ފެންނަކަމަށް ވޯޓް ދެއްވައިފިއެވެ.

ރޭ ހުޅުވާލި މޕޯލްއަށް މިރޭ 21:00 އާއި ހަމައަށް ވޯޓް ދެއްވި 63 ފަރާތުގެ ތެރެއިން 53 ފަރާތަކުން ވައްސޭ އިންތިޚާބުގައި ވާދަކުރުމަށް ފެންނަކަމަށް ވޯޓް ދެއްވާފައިވެއެވެ. ވައްސޭ އަމިއްލަގޮތުން މަޖިލިސް އިންތިޚާބުގައި ވާދަކުރަން ނުފެންނަކަމަށް މިހާތަނަށް ވޯޓް ދެއްވާފައިވަނީ 8 ފަރާތަކުންނެވެ.

އިއްޔެ މީދޫގައި ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާއަށް ބަލާއިރު 208 ވޯޓް ހޯއްދަވައިގެން ޕްރައިމަރީ ކާމިޔާބުކުރައްވާފައިވަނީ ސަބްރީއެވެ.  

ސަބްރީއާއި އެންމެ ގާތުން ވާދަކުރި ވަސީމު އަށް ލިބިފައިވަނީ 152 ވޯޓެވެ. ދެން މިދާއިރާއަށް ވާދަކުރެއްވި ހިޝާމުއަށް 104 ވޯޓް ލިބިފައިވާއިރު ހައްވުއަށް ލިބިފައިވަނީ 6 ވޯޓެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫގައި މަސައްކަތް ކުރަމުން އަންނަ ބަގްލާދޭޝް މީހަކު މިރޭ ކުއްލި ގޮތަކަށް މަރުވެއްޖެ

މީދޫގައި މަސައްކަތް ކުރަމުން އަންނަ ބަގްލާދޭޝް މީހަކު މިރޭ ކުއްލި ގޮތަކަށް މަރުވެއްޖެ ތަފްސީލް އަންނަނީ

އައިވީ މިކްސް ވޮލީ މުބާރާތް- މީދޫޓީމް ކުޅޭ ސެމީފައިނަލްމެޗްގެ ކުޅުން މިއަދު ހަވީރު އޮންނާނެ

” އައިވީ މިކްސްޑް ވޮލީ މުބާރާތުގެ  ” ގެ ސެމީފައިނަލްގެ ފުރަތަމަމެޗްގައި މީދޫ ވޮލީޓީމް ކުޅޭމެޗްގެ ކުޅުން މިއަދު ...

ދިރާގާއި ޝެމަރޫ ގުޅިގެން ރާއްޖެއަށް އިންޑިއާގެ މަޝްހޫރު ފިލްމުތައް!

ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި، ދިރާގުން އިންޑިޔާގެ މުނިފޫހިފިލުވުމުގެ ކޮންޓެންޓް ހެދުމުގައި އެއްވަނަ ކޮންޓެންޓް ...