އިމަޖެންސީގައި ލޭންޑްކުރި ސީ ޕްލޭނެއްގައި ނުފޭބި ތިބި ބަޔަކަށް މާލެ އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފި

މޫސުން ގޯސްވުމުގެ ސަބަބުން ލޭންޑް ނުކުރެވި އިމަޖެންސީގައި ލޭންޑްކުރި މަންޓާ އެެއަރ ސީޕްލޭނުގައި ނުފޭބިފައި ތިބި ފަތުރުވެރިންތަކަކަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ 13 ފަސެންޖަރުންނާއި ތިން ކުރޫންނާއެކު ދަތުރުކުރި މަންޓާ ސީޕްލޭން، މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓަށް ނުޖެއްސިގެން، ކ. ހެލެގެލި ރިސޯޓަށް ކައިރިއަށް އިމަޖެންސީގައި ލޭންޑްކުރުމާ ގުޅިގެންނެވެ.

އަދި މޫސުން ގޯސްވުމުގެ ސަބަބުން އެ ސީޕްލޭންގައި ތިބި ފަތުރުވެރިންނަށް ހިކިފަސްތަނަކަށް ނުފޭބިގެން އެމްއެންޑީއެފް މެރިޓައިމް ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ގުޅައި، އެހީތެރިކަމަށް އެދުނެވެ.

މިގޮތުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އެ ސީޕްލޭންގައި ތިބި މީހުން ޑިންގީއެއްގެ އެހީގައި ލޯންޗަކަށް ނަގައި، އެ ލޯންޗްގެ ކައިރީގައި އޮތް ޕަޓިނާ މޯލްޑިވްސް ރިސޯޓަށް ރޭ 22:30 ހާއިރު ވަނީ ގެންދެވިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކްރޮސްރޯޑުން ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

ކްރޮސްރޯޑްސްގެ ސައި ލެގޫންގެ ވޯޓާވިލާއަކުން އޮސްޓްރޭލިއާ ފަތުރުވެރިއަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މޫދުގައި މަރުވެފައި ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 17 ސެޕްޓެމްބަރ 2021 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

ކޮވިޑް 19މިއަދު ހުޅުދޫއާއި މީދުން 5 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް 19މިއަދު ހުޅުދޫއާއި މީދުން 5 މީހަކު ޕޮޒިޓިވް ވެއްޖެ ތަފްސީލް އަންނަނީ