ވިއްސާރަވެ ގެއްލުންލިބުނު ގެތަކަށް އާދަމް ޝަރީފް ޒިޔާރަތްކުރައްވައި ޙާލު ބައްލަވައިފި

އައްޑޫސިޓީއަށް އިއްޔެ ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް ލިބިފައިވާ ގެއްލުންތައް ބެއްލެވުމަށް  މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރު އައްޑޫސިޓީގެ ގޭގެއަށް ޒިޔާރަތް ކުރައްވައިފިއެވެ.

މިނިސްޓަރ އާދަމް ޝަރީފް ގޭގެއަށް ވަޑައިގެން ރަށްޔިތުންގެ  ޙާލަތު އޮޅުއްފިލުއްވުމަށްފަހު އެކްސްގައި ކުރެއްްވި ޕޯސްޓެއްގައި ވިދާޅުވީ ވިއްސާރައިގައި އައްޑޫގެ ގެތަކަށް ފެންވަދެ ހިފައިގެންގުޅޭ ސާމާނާއި އަގުބޮޑު މުދާތަކަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

މިނިސްޓަރ އާދަމް ޝަރީފް އައްޑޫއަށް ވަޑައިގެންނެވީ މިހާރު އައްޑޫސިޓީގައި ކުރިއަށްދާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިދާރީ ގޮތުންނާއި، މާލީ ގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމައްޓަކައި ބާއްވާ ” ފަނޯއްލަ ” މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައެވެ.

އައްޑޫސިޓީއަށް އިއްޔެކުރި ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި އައްޑޫ ސިޓީގެ ފަސް ރަށެއްގެ 97 ގެއަކަށް ފެން ވަދެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު (އެޑީއެމްއޭ)އިން ޢާންމު ކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

އެގޮތުން މަރަދޫގައި 13 ގެއެއް ، މަރަދޫފޭދޫ 5 ގެއެއް ، ފޭދޫ 60 ގެެއެއް ، ހިތަދޫ 9 ގެއެއް އަދި ހުޅުމީދޫ 10 ގެއަަކަށް ފެންވަދެ ބޮޑެތި ގެއްލުން ތަކެއް ލިބުނުކަމަށް ް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުވަނީ ހާމަކޮށްފައެވެ.

އިއްޔެ އައްޑޫ ސިޓީގެ ރަށްތަކަށް ކުރި ވިއްސާރައިގައި ފެން ބޮޑުވި ތަންތަނުން ފެން ހިންދުމާއި، މަގުތަކުގައި ކޯރުކެނޑުމާއި ވެލި ބަސްތާ ޖެހުމުގައި ސަރުކާރު އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރުދުން ވެސް ބައިވެރިވެ މަސައްކަތްކޮށްފައިވެއެވެ.

 އަދި މިމަސައްކަތުގައި އައްޑޫގެ މަގުތައް ހެދުމުގައި ހަރަކާތްތެރިވާ އިންޑިޔާގެ އެފްކޮން އާއި ސިފައިންނާ ފުލުހުން ވެސް ބައިވެރިވިއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖެއިން އިތުރު 156 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 156 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހަކަށް މިއަދުވެއްޖެއެވެ. ހެލްތު ...

އައްޑޫ ބްރިޖުގެ ސަރވޭތައް ފަށައިފި

އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ގުޅާލަދޭ ބްރިޖު ބިނާކުރުމަށްޓަކައި ހަދަންޖެހޭ ފުރަތަމަ ސަރވޭގެ މަސައްކަތް ނިންމާލައިފިއެވެ. އައްޑޫ ...

ކޮރޯނާވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު 14750 އަށް އަރައިފި

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 14،750 އަށް އަރައިފިއެވެ. މި ބަލި ...