ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން އޮތީ 26 ޑިސެމަބަރ 2023 ވީ އަންގާރަ ދުވަހުގެ މެންދުރުފަހު ރައީސް އޮފީހުގައެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ގައުމުގެ އިޖުތިމާއީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުންނާއި ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި ގައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެރިކަމަށް ވަޑައިގެން އެމަނިކުފާނު އަންނަނީ ސިޔާސީ އެކިއެކި ލީޑަރުންނާއި ބައްދަލު ކުރައްވަމުންނެވެ.
އޭގެ ތެރޭގައި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމާއި މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހްމަދު ސިޔާމް މުހައްމަދާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރައީސް މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ހިމެނެއެވެ.
advertisement
ކޮމެންޓްސް (0)