ރައީސް މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ފުށިދިއްގަރުފަޅު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށަނީ

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ޙައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދިޔުމަށް އިޢުލާނު ކޮށްފައިވާ ފުށިދިއްގަރު ފަޅު މަޝްރޫޢު، އިދިކޮޅު އެމްޑީޕީން ބަޖެޓުން އުނިކޮށްފައި ވަނިކޮށް، ބަޔަކާއި ޙަވާލުކޮށް، މިއަދު މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

މިއަދު މެންދުރުފަހު، މި މަޝްރޫޢު ފައްޓަވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި، މި މަޝްރޫޢު މި މަހުގެ 13 ވަނަ ދުވަހު ކެޕިޓަލް މެރައިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ(ސީއެމްސީ)އާއި ވަނީ ޙަވާލުކޮށްފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅި އިރު ފުށިދިއްގަރުފަޅު ހިއްކަން ވަނީ 400 މިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ.

ނަމަވެސް ކޮމިޓީ މަރުޙަލާގައި ވަނީ އެކަމަށް ޚާއްޞަކޮށްފައިވާ ބަޖެޓު އުނިކޮށް އެހެން މަޝްރޫޢުތަކަށް އެ ފައިސާ އެކި ވަރަށް ބަޖެޓުން ބަހައިލައިފައެވެ.

ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށާއި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ހާމަކުރައްވައިފައެވެ.

މިއީ ރައީީސް މުޢިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދުފުޅެވެ. މި ވަޢުދު ވަނީ، ހަފްތާ 14ގައި ވެސް ހިމަނުއްވައިފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިފައިންގެ 14 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަށް އިއްޔެ ( 29-4-2020 ވަނަ ދުވަހު )  14 ސިފައިން ޕޮޒިޓިވް ވެއްޖެވެ. ރޭ ބޭއްވުނު ...

އުރީދޫ އެއާ ފައިބަރު ޕްލޭންތަކަށް ބޮޑު ބަދަލެއް

އިތުރު ސްޕީޑާއި ޑޭޓާ އާއި އެކު އުރީދޫ 5ޖީ ހޯމް ބްރޯޑްބޭންޑް އެއާފައިބާ ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި ...

ހުޅުދޫ ބަނދަރުގެ 68 އިންސައްތަ މަސައްކަތް ނިންމައިފި

ސ.ހުޅުދޫގައި އަލަށް ތަރައްޤީކުރާ ބަނދަރުގެ 68 އިންސައްތަ މަސައްކަތް ނިންމައިފިއެވެ. އެމްޓީސީސީން ބުނެފައިވަނީ ސ. ހުޅުދޫ ބަނދަރު ތަރައްޤީ ...