ބަޔާން އަތުން ބަލިވެ ޔުނައިޓެޑް ކަޓައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ޖަރުމަނުގެ ބަޔާން މިއުނިކް އަތުން ވި ބައްޔާއެކު އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފިއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ޔުނައިޓެޑް މުބާރާތުން އަލްވަދާއު ކިޔާފައިވަނީ ގްރޫޕުގެ އެންމެ ފުލުގައި އޮވެގެންނެވެ.

މެޗާ ކުރިމަތިލިއިރުވެސް ބަޔާން ވަނީ ދެވަނަ ބުރުން ފުރުސަތު ހޯދާފައެވެ. އެއީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ ފުލުގައި އޮތީ ކުޅުނު ހަ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ލަނޑެއް ފެނިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފުގައި ބަޔާން މިއުނިކުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ޔުނައިޓެޑް މުބާރާތުން ކަޓުވާލި ލަނޑު ފެނިގެންދިޔައީ މި މެޗުގެ 70 ވަނަ މިނެޓުގައެވެ. މިއީ އެ ޓީމުގެ ފޯވާޑް ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގައި ފޯވާޑް ކިންގްސްލީ ކޫމަން ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އެ ޓީމަށް އިދިކޮޅު ގޯލަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މި ގްރޫޕުން ބަޔާން ދެވަނަ ބުރަށް ދަތުރުކުރީ އެއްވަނައިގައި އޮވެގެންނެވެ. އަދި މިއީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބަޔާން ބަލިނުވެ ފުރިހަމަކުރި 40 ވަނަ މެޗެވެ. މީގެ ތެރެއިން 36 މެޗުން މޮޅުވިއިރު، ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝަމްސުއްދީން ސްކޫލްޓީމު ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެ

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ޝަމްސުއްދީން ސްކޫލްގެ 13 އަހަރުން ދަށުގެ ...

ފަސޭހަކަމާއެކު މީދޫ ބަލިކޮށް ހިތަދޫއިން ފައިނަލްގެ އުއްމީދު އާކޮށްފި

20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު  ހިތަދޫއާއި އާއި މީދޫ ...

ޖޯލިއަންސް މިކްސް ވޮލީ މުބާރާތް: ގަދަފަދަ ލިޓަސް އަލްފައިންގެ އަތްދަށަށް

ޖޯލިއަންސް މިކްސް  ވޮލީބޯޅަ މުބާރާތުގެ ނަމުގައި މިހާރު ފޭދޫގައި ކުރިއަށްދާ ވޮލީ މުބާރާތުގައި  އެންމެ ވަރުގަދަ އެއްޓީމެއްގެ ގޮތުގައި ...