މީދޫ ގެއެއްގެ ކުޑަދޮރުތަކެއްގެ ބިއްލޫރިތައް ތަޅާލައިފި އެވެ
މައުލޫމާތު ލިބިފައިވާގޮތުގައި ކުޑަދޮރުތަކެއްގެ ބިއްލޫރިތައް ތަޅާލާފައިވަނީ މީދޫ ސިލްވާލީފްގައެވެ.
މިދިޔަހުކުރުދުވަހުގެރޭ މިގޭގެ ބިއްލޫރިތައް ތަޅާލާފައިވާއިރު ބިއްލޫރިތައް ތަޅާލާފައިވަނީ ގާ ބުރިއެއް އެއްލައިގެން ކަމަށް ބެލެވެއެވެ.
ހުކުރު ދުވަހުގެރޭ ހިނގި މި ހާދިސާގައި އެގޭގައި މީހުން ދިރިނިއުޅޭތީ މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މިހާދިސާގެ މައުލޫމާތު ހުޅުމީދޫ ފުލުހުންނަށް ރިޕޯޓްކުރުމުން ހުޅުމީދޫ ޕޮލިސްސްޓޭޝަނުން ދަނީ މިމައްސަލަ ތަހުގީގުކުރަމުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓްސް (0)