ހަތް ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަން ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އަށް ފޮނުވައިފިއެވެ.
އެގޮތުން ވެމްކޯގެ އެމްޑީއަކަށް ހަމައްޖައްސަން ފޮނުވީ ކުރީގެ ރައީސް ޔާމީން ސަރުކާރުގައި އެންސްޕާގެ ސީއީއޯއަކަށް ހުންނެވި މުޖުތަބާ ޖަލީލެވެ. އަދި ފެނަކައިގެ އެމްޑީއަކަށް މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުޢާޒް މުޙައްމަދު ރަޝީދާއި ރީޖަނަލް އެއާޕޯޓްސްގެ އެމްޑީއަކަށް ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު މުބީނެވެ.
މީގެއިތުރުންއާބަންކޯގެ އެމްޑީއަކަށް ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު އަދި ޕީއެސްއެމްގެ އެމްޑީއަކަށް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ކުރީގެ މެންބަރު ޒީނާ ޒާހިރެވެ. އެންސްޕާއަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު އަދި އާސަންދައިގެ އެމްޑީއަކަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) އެވެ.
އާބަންކޯގެ އެމްޑީއަކަށް ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު
ރީޖަނަލް އެއާޕޯޓްސްގެ އެމްޑީއަކަށް ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު މުބީން
ފެނަކައިގެ އެމްޑީއަކަށް މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުޢާޒް މުޙައްމަދު ރަޝީދު
ޕީއެސްއެމްގެ އެމްޑީއަކަށް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ކުރީގެ މެންބަރު ޒީނާ ޒާހިރު
އާސަންދައިގެ އެމްޑީއަކަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ)
އެންސްޕާގެ އެމްޑީއަކަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު
ވެމްކޯގެ އެމްޑީއަކަށް ރައީސް ޔާމީން ސަރުކާރުގައި އެންސްޕާގެ ސީއީއޯއަކަށް ހުންނެވި މުޖުތަބާ ޖަލީލު.
ކޮމެންޓްސް (0)