ރައްކާތެރިކަމާއެކު ގޭގައި ހިފާ ގެންގުޅޭ ކަރަންޓް ސާމާން ބޭނުންކުރަން ދަސްކޮޮށްދިނުމުގެ ބޭނުމުގައި ” އިލެކްޓްރިކަލްއެޕްލައިންސް ސޭފްޓީ ވޯރކްޝޮޕް ” ގެ ނަމުގައި ޕްރޮގުރާމެއް ހުޅުމީދޫގައި ހިންގައިފި އެވެ.
މިއީ އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ( ޑަބްލިއުޑީސީ ) އާއި ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް ރިސާރޗް ގުޅިގެން ހުޅުމީދޫ ކަނބަލުންނަށް ހާއްސަކޮށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
“ވީއޯއެމް” އަށް މައުލޫމާތު ދެއްވަމުން ޑަބްލިއުޑީސީގެ ނައިބު ރައީސާ ނައުމާ އަބްދުﷲ ވިދާޅުވީ މިޕްރޮގްރާމަކީ މި ނޮވެމްބަރ މަހުގެ 24 އިން 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށާ މި ޕްރޮގްރާމްގެ ގޭތެރޭގައި ގޭގައި ހިފާގެންގުޅޭ ކަރަންޓްސާމާނަށް ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކުރުމާއިބެހޭ ގޮތުގެ މައުލޫމާތުވެސް ދީފައިވާކަމަށެވެ.
މިޕްރޮގްރާމްގެސަބަބުން ފައިދާހުރި ހުނަރުވެވި މައުލޫމާތު ތަކެއް ބައިވެރީނަށް ލިބިގެން ގޮސްފައިވާކަމަށްވެސް ނައުމާ މައުލޫމާތު ދެއްވިއެވެ.
މިޕްރޮގްރާމް ނިންމުމަށް މީދޫ ޝަމްސުއްދީންސެންޓަރފޯރ އިސްލާމިކް ސްޓަޑީޒްގައި ރޭ ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި މިޕްރޮގްރާމްގައި ބައިވެރިވި ބައިވެރީންނަށް ހަނދާނީލިއުން ހަވާލްކޮށްދެއްވީ މީދޫ އޮފީހުގެ ޑިރެކްޓަރ މާނާ މުމްތާޒާއި ފެނަކަ ހުޅުމީދޫ ބްރާންޗްގެ އެސިސްޓެންޓް ޑިރެކްޓަރ ޝާފީއަލީއެވެ.
ކޮމެންޓްސް (0)