ޑިއުޓީ ކުޑަކުރުމުން ސަރަހައްދީ ބަނދަރުތަކަށް ލިބޭ އާމްދަނީ ދަނީ އިތުރުވަމުން: ރައީސް

ސަރަހައްދީ ބަނދަރުތަކުން ނަގާ ޑިއުޓީ ކުޑަކުރުމާއިއެކު މިދިޔަ އަހަރު އެތެރެކުރި މުދަލުގެ އަގު 566 މިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 132 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ކަސްޓަމްގެ ޚިދުމަތް ރާއްޖޭގައި ފެށީ 1890 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. ކަސްޓަމްސްގެ ޚިދުމަތް ރާއްޖޭގައި ފެށި ދުވަސްވަރާއި، އޭރު ކަސްޓަމްސްގެ ޒިންމާތަކާ އަޅައިބަލާއިރު، މިހާރު ކަސްޓަމްސްގެ ޚިދުމަތްތަކާއި ޒިންމާތައްވެސް އޮތީ ވަރަށް ބޮޑަށް އިތުރުވެ ފުޅާވެފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 132 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ވިދާޅުވީ، މި ދިގު މުއްދަތުގައި ކަސްޓަމަށް ހުރިހާ ގޮތަކުންވެސް ވަރަށް ގިނަ ބޮޑެތި ބަދަލުތަކެއް އަތުވެއްޖެކަމަށެވެ. ތަނުގެ ނަމަށާއި، ޒިންމާތަކަށާއި، ޚިދުމަތުގެ ދާއިރާގެ ބަދަލުތަކެއް އަތުވެއްޖެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކަސްޓަމްސްގެ ޚިދުމަތްތަކާ ގުޅުންހުރި ދާއިރާތަކަށް އަންނަ ބަދަލުތަކާއެކީ، ކަސްޓަމަށް އަދިވެސް އިތުރު ބޮޑެތި ބަދަލުތަކެއް އަންނަމުން ދާނެކަމަށެވެ.

ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ލާމަރުކަޒު ކުރުމަކީ، ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއްކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގައިވެސް ކަސްޓަމްސްއަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ މުއައްސަސާއެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސަރަޙައްދީ ބަނދަރުތައް އިތުރުކުރަމުންދާއިރު، އެއިން ކޮންމެ ތަނެއްގައިވެސް ފުރިހަމަ ޚިދުމަތްތައް ދިނުމުގައި ކަސްޓަމްސްގެ މުވައްޒަފުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ސަރަޙައްދީ ބަނދަރުތަކުން ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް، ސަރުކާރުގެ ސިޔާސަތަށް 2020 ވަނަ އަހަރު ބަދަލުތަކެއް ގެނައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ބަދަލުތަކާއިއެކު ސަރަހައްދީ ބަނދަރުތަކުން އެތެރެކުރި މުދަލުގެ އަގު އިތުރުވެފައިވާކަމަށެވެ.

އެބަދަލުތަކާއެކު، ސަރަޙައްދީ ބަނދަރުތަކުން އެތެރެކުރާ މުދަލުގެ ނިސްބަތްވަނީ ވަރަށް ބޮޑަށް އިތުރުވެފައި. މިދިޔަ 2021 ވަނަ އަހަރު ސަރަޙައްދީ ބަނދަރުތަކުން އެތެރެކުރި މުދަލުގެ އަގު 566 މިލިއަން ރުފިޔާއަށްވުރެ މަތި.ސަރުކާރުގެ މިފަދަ ސިޔާސަތުތައް ކާމިޔާބުކަމާއެކު ތަންފީޒު މިކުރެވެނީ ކަސްޓަމްސްގެ މުވައްޒަފުންގެ އެއްބާރުލުމާއި، ހީވާގި މަސައްކަތްތަކުންކަން އަޅުގަނޑު ފާހަގަކުރަން.“ ރައީސް ވިދާޅުވިއެވެ.

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި މިހާރު ހުރީ ސަރަހައްދީ 2 ބަނދަރެކެވެ. އެއީ އައްޑޫ ބަނދަރާއި ކުޅުދުއްފުށީ ބަނދަރެވެ. ސަރަހައްދީ ވިޔަފާރި ބަނދަރުތަކަށް ގެންނަ މުދަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހުގެނެސް އެބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ޤާނޫނަށް އިސްލާހު ގެނައި މަޤްޞަދުތަކުގެ ތޭރޭގައި އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން، ދިވެހިރާއްޖެއަށް އެތެރެކުރެވޭ ބައެއް ބާވަތުގެ މުދަލުން އިމްޕޯޓް ޑިއުޓީ ނެގުން ކުޑަކުރުން ނުވަތަ ހުއްޓާލުމާއި، ޞިއްޙަތަށް ގެއްލުން ލިބޭ ބާވަތުގެ ތަކެތި ބޭނުންކުރުމުން ދުރުހެލިވުމަށް ބާރުއެޅުމަށްޓަކައި އެފަދަ މުދަލުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮރޯނާ ވައިރަސް އަދި ހިމަބިއްސާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޤުނޫތު ކިޔަން އަންގައިފި

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ރާއްޖޭއިން ފެންނަމުންދާ ހިމަބިހި ފަދަ ނުރައްކާތެރި ބަލިތައް ...

މުދާ އުފުލާ ދޯންޏެއް މީދޫ ބަނދަރު ސަރަހައްދުން ތިލައަކަށް އަރައިފި

މިއަދު ހެނދު މީދޫ ބަނދަރުން ފުރައިގެން ދަތުރުކުރި މުދާ އުފުލާ ދޯންޏެއް މީދޫ ބަނދަރު ސަރަހައްދާއި ކައިރީގައި އޮތް ...

12 ދާއިރާގެ ބައި-އިލެކްޝަން ނުބާއްވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސަވެފައިވަކަމަށް ކުރިން ކަނޑައަޅާފައިވާ ބާރަ ދާއިރާގެ ބައި-އިލެކްޝަން ނުބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އެ ...