ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ގދ ތިނަދޫގައި ތަރައްޤީކުރި އިސްލާމީ މަރުކަޒު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއާއި ހަވާލުކުރަން މިއަދު ވެރިކަމާއި ހަވާލުވި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމައިފި އެވެ.
ތިނަދޫ އިސްލާމީ މަރުކަޒު އައިޔޫއެމްއާއި ހަވާލުކުރަން ނިންމާފައިވާ ކަން ހާމަކުރެއްވީ ރައީސް މުއިއްޒުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓްރީއާއި ރޭ ހަވާލުވެވަޑައިގެންނެވި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީދު އަލީ ސައީދު އެވެ.
މިނިސްޓަރ ޝަހީމް ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އަންނަ އަންގާރަ ދުވަހު ތިނަދޫ އިސްލާމިކް ސެންޓަރު ދިވެހި ރާއްޖޭގެެ އިސްލާމިކް ޔުނިވާސިޓީ އާއި ހަވާލުކުރެވޭނެެ ކަމަށެވެ. އަދި މިއާއި އެކު ދެކުނުގެ އިސްލާމީ އިލްމާއި ހަދާރާތާއި ސަގާފަތު ފޯރުކޮށްދޭ މަރުކަޒަކަށް އެތަން ވެގެންދާނެެ ކަމަށް ޝަހީމް ވިދާޅުވިއެވެ
ޝަހީމް އިތުރަށް ވިދާޅުވީ އިސްލާމިކް ސެންޓަރު އައިޔޫއެމްއާއި ހަވާލުކުރެވިގެން ދިޔުމުން އިސްލާމީ ކޯސްތައް ހެދުމަށް މާލެ ނައިސް ކިޔެވޭޭނެ ގޮތް ވެގެން ދާނެ ކަމަށެވެ.
މި ނިންމުމަކީ އައު ސަރުކާރުގެ އިސްލާމިކް މިނިސްޓްރީއިން ނިންމި ފުރަތަމަ ނިންމުމެވެ.

ކޮމެންޓްސް (0)