ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި 30 މިލިއަން ހިމަނައިފި

ރިޔާސީ އިންތިހާބުގައި، މިހާރުގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުމީދޫ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއުގެ ސާވޭ ހެދުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ އަށް 30 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. އަންނަ އަހަރުގެ ބަޖެޓަކީ އިންތިހާބީ ރައީސް މުއިއްޒުގެ ވެސް ލަފާގެ މަތީން ތައްޔާރު ކޮށްފައިވާ ބަޖެޓެކެވެ.

މި ވައުދު އެންމެ ފުރަތަމަ ވެވަޑައިގަތީ ކުރީގެ ރައީސް ޔާމީނެވެ. 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޔާމީން ވަނީ ހިތަދޫ-ހުޅުމީދޫ ބްރިޖަކުން ގުޅާލަދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމަނިކުފާނަށް އެ އަހަރުގެ އިންތިހާބު ކާމިޔާބު ނުކުރެއްވުމުން އެ މަސައްކަތް ކުރެވޭ ގޮތެއް ނުވިއެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް އެފަދަ މަޝްރޫއުއެއް ކުރިޔަށް ގެންދަވަން ނިންމާފައެއް ނުވެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި މުއިއްޒު ވަނީ ރައީސް ޔާމީންގެ އެ ވައުދު ފުއްދަވައި ދެއްވާނީ އެމަނިކުފާނު ކަމަށް ވިދާޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދޮށީއުމުރުގެ މީހުންނަކީ ގަދަރުވެރިކަމާއެކު ދިރި އުޅެވޭނެ ބަޔަކަށް ހަދާދޭނަން- ރައީސް ސޯލިހު

ދޮށީ އުމުރުގެ މީހުންނަކީ ގަދަރުވެރިކަމާ އެކުގައި ދިރިއުޅެވޭ ބަޔަކަށް  ހަދައި ރައްކާތެރި ވެއްޓެއްގައި ހަށިހެޔޮ، ދުޅަހެޔޮ ކަމުގައި އުޅެވޭނެ ...

ކޮވިޑް-19 އަށް އަތޮޅުތެރޭގައި ޓެސްޓް ކުރެވޭނެ އެހެން ގޮތްތަކެއް ދަނީ ހޯދަމުން- މަބުރޫކު

ކޮވިޑް-19 އަށް އަތޮޅުތެރޭގައި ޓެސްޓް ކުރެވޭނެ އެހެން ގޮތްތަކެއް ހޯދަމުންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާން ...

އައްޑޫ މޮނިޓަރިންއިން ނަގައި ދިނުމަށް އެޗުޕީއޭއަށް ދަންނަވައިފި

މޮނިޓަރިން ހާލަތުން އައްޑޫސިޓީ ނަގައިދިނުމަށް އެދި އައްޑޫސިޓީ ކައުންސިލުން އެޗުޕީއޭގައި އެދިވަޑައިގެންފިއެވެ. އެހެނަސް އެކަމާބެހޭ ގޮތުން އެޗުޕީއޭ އިން ...