ނަޝީދު ވަކި ކުރުން ކުރިޔަށް ނުގެންދާނަމަ، އެމްޑީޕީން ހުރިހާކަމަކަށް ”ނޯ“ ޖަހާނަން: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ތުރީ ލައިންގެ ވިޕެއް ނެރެ، މައްސަލަ ކުރިޔަށް ނުގެންދާނަމަ މަޖިލީހުގެ މަސައްކަތްތަކަށް އެއްބާރުލުން ނުދިނުމަށް ނިންމައިފި އެވެ.

ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެމެދު ޖެހުނު މައްސަލަތަކަށް ފަހު ޕާޓީ ދޫކުރެއްވުމާއި އެކު އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން މައްސަލަ މަޖިލީހަށް ހުށަހެޅި އެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ވެސް އިތުބާރު ނެތްކަމަށް ހުށަހަޅައި ބުނީ ރިޔާސަތުން ތަކުރާރުކޮށް ގަވައިދާއި ހިލާފުވަމުން ދާކަމަށެވެ. އަދި ޕާޓީގެ މެމްބަރުންގެ ވޯޓާއި އެކު މަޖިލީހުގެ ރައީސަކަށް އައްޔަނު ކުރެވުނު ބޭފުޅަކު ޕާޓީން ވަކިވުމުން މަގާމުގައި ނުހުރެވޭނެކަމަށް އެމްޑީޕީގެ ޕީޖީން ބުންޏެވެ.

އެކަމަކު އެ މައްސަލަ ނެގުމަށް ފަހު އަލުން ހުށަހެޅީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާއަށް ފަހު އެވެ.

އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހު ހަވީރު ބޭއްވި ޕާލިމަންޓް ގުރޫޕުގެ ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވައި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އިންތިހާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަން ބޭނުންފުޅުވަނީ އިތުބާރު އޮތް ރައީސްއަކާއި އެކު ކަމަށެވެ. އަސްލަމް ވިދާޅުވީ މެންބަރުންގެ އިތުބާރުނެތް ރިޔާސަތެއް ރައްޔިތުންގެ މަޖިލީހުގައި ބައިންދައިގެން ކުރިއަށް ދާން ބޭނުންނުވާކަމަށެވެ. އަދި އެ ވޯޓު ވީހާވެސް އަވަހަކަށް ނެގުމަށްފަހު މެންބަރުންގެ އިތުބާރުއޮތް ރިޔާސަތަކާއި އެކު މަޖިލީހުގެ މަސައްކަތްތަށް ކުރިއަށް ގެންދަން ބޭނުން ވާކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅާއާއި ގުޅިގެން އެކިގޮތް ގޮތަށް މަޖިލީހުގެ ގަވައިދު މާނަކޮށް މަޖިލީހުގެ ކަންކަން ކުރިއަށް ނުގެންދެވޭނެ ގޮތްތަށް ރޭވުމަކީ އެމްޑީޕީގެ ޕީޖީ ގުރޫޕުން ބަލައިގަންނަ ކަމެއްނޫން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ޕީޖީ ގުރޫޕުން މިއަދު ނިންމާފައި ވަނީ ވޯޓު ނުނަގާނަމަ މަޖިލީހުގެ އެއްވެސް ކަމެއް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ނުދިނުމަށެވެ. އިތުބާރު ނެތް ރައީސަކާއި އެކު ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮއްސިނަމަ ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ކެބިނެޓަށް ނޯ ޖަހާނެކަމަށް އެމްޑީޕީގެ ޕީޖީން ވަނީ ބުނެފައެވެ.

މީގެއުތުރުން ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 29 ވަނަ ދުވަހު ހުށައަޅަން ޖެހޭނެ ކަމަށާއި މަޖިލީހުގެ އެއްވެސް ކަމެއް ކުރިއަށް ގެންދެވޭނީ އެ މައްސަލާގައި ވޯޓުނެގުމަށް ފަހު ކަމަށް ޕީޖީ ގުރޫޕުން ވަނީ ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިތުރު 18 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 18 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.   އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި ބުދަ ދުވަހުގެ އިރުއޮއްސި ...

އައްޑުއަތޮޅުގަމުގައި ހިންގަމުންއަންނަ ފްލައިން ސްކޫލް ނ.މާފަރަށް ބަދަލުކުރަނީ

އައްޑުއަތޮޅު ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލް ނ. މާފަރުގައި ހުޅުވަން ތައްޔާރުވަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓަށް، ބަދަލުކުރަން ...

ގައުމު ސްޓްރީޓް ކަޕް – މިރޭ ވަރުގަދަ މެޗްތަކެއް –

މީދޫގައި މިހާރު ކުރިއަށްދާ ގައުމު ސްޓްރީޓް ކަޕް  މުބާރާތުގައި މިރޭ ވަރުގަދަމެޗްތަކެއް ކުޅެވޭނެއެވެ. މިގޮތުން ކުޅެވޭ އެންމެ ވަރުގަދަ ...