ކުރާނެ މަސައްކަތެއް ނެތް މުވައްޒަފުންވެސް ފެނަކަ އަށް ނަގާފައިވޭ : އަދުރޭ

ކުރާނެ އެއްވެސް މަސައްކަތެއް ނެތް މުވައްޒަފުންވެސް ފެނަކަ އަށް ނަގާފައިވާކަމަށް އިންތިގާލީ އޮފީހުގެ ވެރިޔާ އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ފެނަކައިގެ މުވައްޒަފުންގެ އަދަދު ތިން ގުނައަށް އިތުރުވީއިރު، އޭގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވަނީ އެމީހުން އިށީންނާނެ ގޮނޑިއެއް، އަދި ކުރާނެ މަަސައްކަތެއް ވެސް ނެތި ކަމަށެވެ.

އެހެންކަމުން އިންތިގާލީ މަރުހަލާގައި ކުންފުނިތަކުގެ މައުލޫމާތު އެއްކުރުމުން ފެނުނީ ފެނަކަ ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ މަންޒަރު ކަމަށެވެ.

”2018 ވަނަ އަހަރު ރައީސް ޔާމިންގެ ސަރުކާރު ނިމިގެން ދިޔައިރު، އަޅުގަނޑު ހަނދާންވަނީ، މުޅި ކުންފުނީގެ މުވައްޒަފުން އަދަދަކީ، 2،700 ކޮންމެވެސް ވަރެއް. ނަމަވެސް މިހާރު މައުލޫމާތު ލިބޭ ގޮތުގައި އެ ކުންފުނީގެ މުވައްޒަފުން 8،000 އަށްވުރެ ގިނަ. “

އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ހުރީ ބަނގުރޫޓު ވުމާ ހަމައިގާ ކަމަށާއި ފެނަކައަކީ އެގޮތުން ފާހަގަ ކުރެވުނު އެންމެ ބޮޑު އެއް ކުންފުނި ކަމަށެވެ.

“ފެނަކައަކީ، މުޅި ރާއްޖެއާ ގުޅުންހުރި ކުންފުންޏެއް. (އެކަމަކު) ކުންފުނީގެ މަގްސަދު ހާސިލުކުރުމުގެ ބަދަލުގައި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ކުންފުނީގެ ބޭނުން ހިފުމުގެ ސަބަބުން އެހާ ބޮޑަށް އެ ކުންފުނި ދަރަނިވެރިވެފައި އެ އޮތީ.”

އަބްދުއްރަހީމު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުއްގިރި މައްސަލާގައި އަދީބުއާއި ޒިޔަތުގެ ހެކި ބަލައިގަނެވޭނެކަމަށް ސުޕްރިމް ކޯޓުން ހުކުމް ކޮށްފި

ފުއްގިރި މައްސަލާގައި ކުރިމިނަލް ކޯޓަށް އަދީބުއާއި ޒިޔަތުގެ ހެކިބަސް ބަލައިގަނެވޭނެކަމަށް ސުޕްރިމް ކޯޓުން ހުކުމް ކޮށްފިއެވެ. ރ.ފުއްގިރި ކުއްޔަށް ...

އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމުން އައްޑުއަށް ކުރިއެރުން ލިބިގެންދާނެ: އަސްލަމް

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމުން ވިޔަފާރީގެ ގޮތުން ކުރިއެރުން ލިބިގެންދާނެކަމަށް އައްޑޫ ސިޓީ ހިތަދޫ އުތުރުދާއިރާގެ މެންބަރު ...

ސްޕެއިންގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާގައި ރާއްޖެ ޕްރޮމޯޓު ކުރަން ފަށައިފި

ސްޕެއިންގެ މެޑްރިޑްގައި ފިޓޫރުގެ ނަމުގައި ކުރިއަށް ގެންދިޔަ ބައިނަލްއަގްވާމީ ޓޫރިޒަމް ޓްރޭޑް ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ފެއާގައި ...