ރައީސްގެ ހިތްވަރާއި، ދެއްކި މިސާލަށް ރައީސް ނަޝީދުގެ ތަޢުރީފް !

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ހިތްވަރާއި ދެއްކެވި ސާބިތުކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ރައީސް ޞާލިހު ޑރ. މުއިއްޒާއި ވާދަކޮށް ބޮޑު ތަފާތަކުން ބަލިވިކަމުގައިވިޔަސް  އިންތިޚާބުގައި ރައީސް ޞާލިހު ދެއްކެވި ހިތްވަރަށް މަރުހަބަ ދަންނަވާ ރައީސް ނަޝީދު ވަނީ ރައީސަށް ހިތްވަރު ދެއްވާފައެވެ.

އެމްޑީޕީގެ އިސް މެމްބަރުންތަކަކާ އެކު އެ ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފައްދަވައި އެ ޕާޓީގައި އިސްކޮށް އުޅުއްވާ ނަޝީދު އެކްސްގައި ވިދާޅުވީ ރައީސް ކުރެއްވި ފުރިހަމަ ކެމްޕޭނާއި ދެއްކެވި ހިތްވަރާއި ރިވެތި މިސާލަށް އެ މަނިކުފާނަށާއި އެމްޑީޕީއަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ރައީސް ޞާލިހު ކުރެއްވި ފުރިހަމަ ކެމްޕޭނާއި ދެއްކި ހިތްވަރާއި ރިވެތި މިސާލަށް މަނިކުފާނަށާއި އެމްޑީޕީ އަށް ނުހަނު މަރުޚަބާ ދަންނަވަން.

ރައީސް ނަޝީދު ވިދާޅުވިއެވެ

އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ކުރި ހޯއްދެވީ، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އަދި ރައީސް ރޭ ވަނީ ބަލި ގަބޫލުކުރައްވައި، މުއިއްޒަށް މަރުހަބާ ދަންނަވައިފަ އެވެ.

އިންތިހާބު މުއިއްޒަށް ކަށަވަރުވުމާ އެކު، ނަޝީދު ރޭ ވަނީ އެކްސް މެދުވެރިކޮށް އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންނަށް އެއްވެސް ފަރާތަކުން ބަދުބަސްބުނެ ފުރައްސާރަނުކުރުމަށް އިލްތިމާސްކުރައްވައިފަ އެވެ.

ރައީސް ނަޝީދު ހިތްވަރު ދެއްވައި ތައުރީފް ކުރެއްވިނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބުވެވަޑައިގަތުމުން ޑިމޮކްރެޓްސް އުފައްދައި މަސައްކަތް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަން ނިންމުމަށެވެ. މުޅި ކެމްޕޭނުގެ ތެރެއިން ނަޝީދު އިސްވެ ވަނީ އެމްޑީޕީ އަށާއި ރައީސަށް ބޮޑެތި ފާޑުކިޔުންތަކާއި ސީރިއަސް ތުހުމަތުތައް ކުރައްވައިފަ އެވެ.

އަދި ނަޝީދު އިސްވެ ހުންވައިގެން އުފެއްދެވި ޑިމޮކްރެޓިކްސް   ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ފުރަތަމަ ބުރުުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ނެރުނުއިރު، ދެވަނަ ބުރުގައި ނިންމީ އެމްޑީޕީ އާއި ޕީޕީއެމްގެ ތެރެއިން އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ.

ޑިމޮކްރެޓްސް އިން މިހާރު ވަނީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ހުށަހަޅައި މަޖިލީހުން ގަރާރު ފާސްކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަނަށް އެ ގަރާރު ފޮނުވާފައިވާ އިރު އެ ކޮމިޝަނުގެ ނިންމުމަކީ މި މަހުގެ 29 ގައި ބަރުލަމާނީ ވޯޓު ނެގުމެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫއެފާ އެވޯޑަށް، ނޮމިނޭޓްވީ ރޮނާލްޑޯ ސަލާހު އަދި މޮޑްރިޗް

ޔުއޭފާ އިން 2011 ވަނަ އަހަރުން ފެށިގެން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓް ...

އައްޑޫ ތަރައްގީގެ ބޮޑު ވަސީލަތަކަށް ހެދުމަކީ އެމްޑީޕީ އަމާޒެއް- ރައީސް ނަޝީދު

އައްޑޫ ތަރައްގީގެ ބޮޑު ވަސީލަތަކަށް ހެދުމަކީ އެމްޑީޕީ އަމާޒެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެވެ. ރައީސް ނަޝީދު މިހެން ...

ދޭހަ އުނގެނެން ފެށި ދަތުރު

(8 ނޮވެމްބަރ 2019 ދުވަހާއި ގުޅޭ ) ޖާހިލު މިއުފެދުނު ހައިރާންކަން މިމައްސަލަ އިތުރަށް ސާފުކުރުމުގެ ޝައުޤު ހިތުގައި ...