ސިވިލް ކޯޓުގެ އިސް ގާޒީ ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

ސިވިލް ކޯޓުގެ އިސް ގާޒީ އަހްމަދު ނިމާލް ކުއްލި ގޮތަކަށް ރޭ އަވަހާރަވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާޒީ ނިމާލް އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އަވަހާރަވީ ގޭގައި އުޅުއްވަނިކޮށް ކުއްލިއަކަށް ހާލުކޮޅު ގޯސްވެގެން ކަމަށާއި  އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް އަވަހާރަ ވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ގއ. މާމެންދުއަށް ނިސްބަތްވެވަޑައިގަންނަވާ ނިމާލް އަވަހާރަވިއިރު އުމުރުފުޅަކީ 36 އަހަރެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ނިމާލު އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގައެވެ. އަދި އެ ކޯޓުގެ އިސް ގާޒީ ކަމަށް ނިމާލު އައްޔަންކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހު އެވެ.

އޭނާ ވަނީ ވިލާ ކޮލެޖުން ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފަ އެވެ. އޭގެ އިތުރުން، ފަރްހާން ޒަމީލް އެންޑް ނިމާލްގެ މެނޭޖިން ޕާޓްނަރެއްގެ ގޮތުގައި އެއް އަހަރަށްވުރެ ގިނަ ދުވަހު ނިމާލް ވަނީ މަސައްކަތް ކުރައްވާފައެވެ.

ނިމާލް އަވަހާރަވިއިރު ދަރިއަކާއި އަންބެއް ދުނިޔޭގައި އެބަހުއްޓެވެ.

ނިމާލްގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.


advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސުކޫލްތަކަށް މެދުނުކެނޑި ކަރަންޓް ފޯރުކޮށްދިނުމަށް ފެނަކައާއި އެކު އެޑިއުކޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދާ ސުކޫލްތަކަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި އެޑިއުކޭޝަން މިނިސްޓްރީއާ ...

ކާނާ ވިހަވި ދެ ދަރިވަރުން އައިސީޔޫގައި، ދެންތިބި އެންމެން ދޫކޮށްލައިފި

ކާނާ ވިހަވަގެން އައްޑޫ އިކުއެޓޮރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ޕޮލިސް ކޮލެޖުގެ ދެ ދަރިވަރަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ...

ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ. ”އަހުރެން މިއަދު 21 ...