ސުކޫލްތަކަށް މެދުނުކެނޑި ކަރަންޓް ފޯރުކޮށްދިނުމަށް ފެނަކައާއި އެކު އެޑިއުކޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދާ ސުކޫލްތަކަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

advertisement

މިއެއް ބަސްވުމާއިބެހޭގޮތުން ފެނަކައިން ހާމަކޮށްވާގޮތުން  އެއްބަސްވުމަކީ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ތަންތަނަށް ކަރަންޓްގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމުގެ އިންތިޒާމު ގާއިމްކުރުމާ ގުޅޭގޮތުން ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ ތެރޭގައި މިނިސްޓްރީ އިން ކަނޑައަޅާ ތަންތަނަށް ފެނަކައިން ކަރަންޓު ލިބޭނެ ގޮތަކަށް އިންތިޒާމް ހަމަޖައްސައިދޭނެއެވެ.

އޭގެ އިތުރުން ކަރަންޓް ވިއުގާ ގާއިމުކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ސުކޫލްތަކުގެ ކަރަންޓުގެ ހާލަތު ބަލައި އެސެސްމަންޓް ރިޕޯޓް މިނިސްޓްރީއަށް ހުށަހެޅުމުގެ އިތުރުން ސުކޫލްތަކުގައި މިނިސްޓްރީން ކަނޑައަޅާ މުވައްޒަފުންނަށް، ކަރަންޓް ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ޓެކްނިކަލް އަދި ފަންނީ ތަމްރީނުތައް ދިނުން އަދި ސުކޫލްތަކުގެ ކަރަންޓުގެ ވިއުގައާއި ކަރަންޓާއި ގުޅުންހުރި ހިދުމަތް ފޯރުކޮށްދިނުންވެސް  މިއެއްބަސްވުމުގައި ހިމެނެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތަދޫ ގެއެއްގެ ގޯތިތެރޭގައި ބާއްވާފައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފި

ސ.ހިތަދޫ ދިރާމުލި ގޯތި ތެރޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފިއެވެ އެމްއެންޑީއެފް އިން ހާމަކޮށްފައިވާގޮތުގައި  ރޭ ...

ނޭމާއަށް ދެ މެޗުގެ ސަސްޕެންޝަނެއް

ނޭމާގެ އިތުރުން ޕަރޭޑޭސް 2 މެޗަށް ، ކުރްޒާވާ 6 މެޗަށް ، އަމާވީ 3 މެޗަށް އަދި ...

ކޯވިޑް-19 : ދުރާލައި ހަރުކަށި ފިޔަވަޅު ނާޅައިފިނަ ރާއްޖެއިން އެތައްބަޔަކު މަރުވެދާނެ

ކޯވިޑް-19އިން ރައްކާތެރިވުމަށް މުހިންމު ހަރުކަށި ފިޔަވަޅުތައް އަޅައިފިނަމަ ބަލި ފެތުރިއްޖެ ޙާލަތެއްގައިވެސް އެންމެ ގިނައިން ފަރުވާދޭން ޖެހޭނީ 300 ...