މި ދަނޑިވަޅަކީ ނިޒާމު ބަދަލު ކުރުމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެންމެ މުނާސަބު ވަގުތު-އިލްޔާސް ލަބީބު

މި ދަނޑިވަޅަކީ ނިޒާމު ބަދަލު ކުރުމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެންމެ މުނާސަބު ވަގުތު ކަމަށް ހުޅުދޫ ދާއިރާ ތަމްސީލު ކުރައްވާ ދަ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ވިދާޅުވެއްޖެވެ.

އިލްޔާސް ލަބީބު މިހެން ވިދާޅުވެފައިވަނީ ރަށްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންވެ.

“މިވަގުތު ނުކުމެ ރައްޔިތުންނާ ހަމައަށް ފެންނަ ނުފެންނަ ވޯޓަކަށް ގެންގޮސްދިނުމަކީ މުހިންމު ކަމެއް. ރައްޔިތުން ނިންމާ ގޮތެއްގެ މަތީން ކުރިއަށްދިޔުމަކީ މުޅި ރާއްޖޭގެ މުސްތަގުބަލަށް އެންމެ ފަހި ގޮތް,”

މަޖިހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވިދާޅުވި އެވެ.

މިއަދު ޖަލްސާގައި ނިޒާމާ ބެހޭ ގޮތުން އެ ޕާޓީގެ މެންބަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވެސް ވަނީ ނިޒާމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ރާއްޖޭގައި ރިޔާސީ ނިޒާމަކަށް އަމަލު ކުރަމުންދާއިރު، މަޖިލީހުގައި ބައެއް މަސައްކަތް ކުރަނީ ބަރުލަމާނީ ނިޒާމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

“ކޮމިޓީތައް ވެސް ގެންދަން ޖެހޭނީ އެހެން. މަޖިލީހުގައި މެމްބަރުން ތަމްސީލުކުރާ ނިސްބަތުން ޕަސެންޓު ދިނުމަކީ މައްސަލައެއް ނޫން. އެކަމަކު ބައެއް ކޮމިޓީތަކުގެ މުގައްރިރުކަން ދޭން ޖެހޭ. ހާއްސަކޮށް މާލިއްޔަތު ކޮމިޓީ އާއި ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީގެ މުގައްރަރުކަން ދޭން ޖެހޭނީ ސަރުކާރަށް ނިސްބަތް ނުވާ ޕާޓީގެ މެމްބަރަކަށް. އެގޮތަށް ގަވާއިދު އިސްލާހުކުރަންވީ,”

ހަސަން އަފީފް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލީ 225,398 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ އާބާދީގެ 80 ޕަސެންޓު މީހުންނެވެ. އިންތިހާބުގައި ރައީސްއަށް ލިބުނީ 39 ޕަސެންޓު ވޯޓެވެ. އެންމެ ގިނައިން ވޯޓު ލިބުނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށެވެ. އޭނާއަށް 46 ޕަސެންޓު ވޯޓު ލިބިނެވެ. ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސްއަށް ހަތް ޕަސެންޓު ވޯޓު ލިބިވަޑައިގަތެވެ. އެއީ 15،000 އަށްވުރެ ގިނަ ވޯޓެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް އޮގަސްޓް، 18، 2007 ގައި ނެގި ސިއްރު ވޯޓުގައި ރިޔާސީ ނިޒާމަށް 95،619 މީހުން ވޯޓު ދިނެވެ. ބަރުލަމާނީ ނިޒާމަކަށް ވޯޓު ދިނީ 58،504 މީހުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު- އަބްދުއްރަހުމާން ކެމްޕެއިންޓީމްގެ ފަރާތުން ބޮޑުމަގުގެ ފާރުތަކުގައި ކުލަލަނީ

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މަޖިލިސް އިންތިޚާބް 2024 ގައި މީދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ އަބްދުއްރަހުމާނުގެ ...

ނަޝީދުގެ އާ ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” އުފެއްދުމަށް އީސީއަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީ، “ދަ ޑިމޮކްރެޓްސް”ގެ ނަމުގައި އުފެެއްދުމުގެ ...

ޓޫރިސްޓެއްގެ ލަގެޖުން ވައްކަންކުރި މައްސަލައިގައި ކޫއްޑޫގެ މޯލްޑިވިއަންގެ މެނޭޖަރު ހައްޔަރުކޮށްފި

ޓޫރިސްޓެސްގެ ލަގެޖުން ވައްކަން ކުރި މައްސަލައެއްގެ ތުހުމަތުގައި ކޫއްޑޫ އެއާޕޯޓުގެ މޯލްޑިވިއަންގެ މެނޭޖަރު ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ...