ޓޫރިސްޓެއްގެ ލަގެޖުން ވައްކަންކުރި މައްސަލައިގައި ކޫއްޑޫގެ މޯލްޑިވިއަންގެ މެނޭޖަރު ހައްޔަރުކޮށްފި

ޓޫރިސްޓެސްގެ ލަގެޖުން ވައްކަން ކުރި މައްސަލައެއްގެ ތުހުމަތުގައި ކޫއްޑޫ އެއާޕޯޓުގެ މޯލްޑިވިއަންގެ މެނޭޖަރު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ކޫއްޑޫ އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެއީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހަކާ އަދި 37 އަހަރުގެ މީހެކެވެ. އެ ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ކޫއްޑޫ އެއާޕޯޓުގެ މެނޭޖަރު ސައުދުﷲ ރަޝީދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅޭ މާބޮޑު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި މޯލްޑިވިއަންގެ ގްރައުންޑް މެނޭޖަރު ޝުއައިބު ސިއްދީގު ހައްޔަރުކުރިކަން އޭނާ ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.

ފަތުރުވެރިޔާގެ ލަގެޖުން ވަގަށް ނެގީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް ވަގަށް ނެގި ފައިސާތަކުގެ ތެރެއިން 10،000 ޔޫރޯ ހޯދައި، ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

‘ސައިބަރ ސޭފްޓީ’ގެ ނަމުގައި ދަރިވަރުން އިންޓަރނެޓަށް ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ފަށައިފި

‘ސައިބަރ ސޭފްޓީ’ގެ ނަމުގައި، މިނިސްޓްރީ އޮފް އޭޑިޔުކޭޝަނާއި، ޔުނިސެފް މޯލްޑިވްސް އާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ...

ޔުނައިޓެޑު ބަލިކުރުމަށްފަހު ގަދަ ހަތަރަކަށް އެރުމުގެ އަމިއްލަ ބާރު ލިވަޕޫލުން ހޯދައިފި

މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް، ޕްރިމިއާލީގުގެ ގަދަހަތަރަކަށް އެރުމުގެ ފުރުސަތު ލިވަޕޫލުން ތަނަވަސްކޮށްފިއެވެ. ރޭ ޔުނައިޓެޑްގެ ދަނޑުގައި ޔުނައިޓެޑާއި ބައްދަލުކުރިމެޗް ...

އުރީދޫން 60 ޕަސެންޓާއި ހަމައަށް އިތުރު ޑޭޓާއާއެކު އާ ޕެކޭޖްތަކެއް

އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންސްތަކުގެ ޑޭޓާ އެލަވަންސްތަށް އިތުރުކޮށް، މުޅިން އައު ޕްލޭންތަކެއް ތައާރަފްކުރުމާއި ...