އަޅުގަޑަށް ކުރިއަށް އޮތްދަރު ފެންނަނީ މާ އުފާވެރިކޮށްކަމަށާ އަޅުގަޑުމެން ވެފައިވާ ވައުދުތައް ނިމިގެންދާއިރު މުޅިރާއްޖެއަށް އަދި ޚާއްސަކޮށް އައްޑޫސިޓީއަށް ބޮޑުބަދަލެއް އަންނާނެކަމީ ޝައްކެތް އޮތްކަމެއްނޫންކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ސޯލިހު ވިދާޅުވެއްޖެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ހެނދު އައްޑޫ ސިޓީ ހުޅުދު އަށް ވަޑައިގެން ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާލުވީ ކުރިއަށް އޮތް ދެ ދުވަހު ނިދަން އުޅޭނެ ކަމެއް ނެތް ކަމަށާއި ދެން ގެއަށް ވަންނަން ވާނީ ވޯޓުލާ ނިންމައި، ކާމިޔާބު ހޯދައިގެން ކަމަށެވެ.
ކެމްޕެއިން ޓީމުތައް އެއް ގިޔަރު މައްޗަށް ޖައްސާލައްވާ . ކުރިއަށް މި އޮތް ދެ ދުވަހު ނިދަން އުޅޭނެ ކަމެއް ނެތް. އަޅުގަނޑުމެންނަށް ދެ ދުވަހު ތިބެވޭނެ ނުނިދާ ވެސް. އިރާދަކުރެއްވިއްޔާ އެއްބުރުން މިކަން ނިމޭނެ،”
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ އިންތިހާބުގެ ނަތީޖާ ބަދަލުކޮށްލަން ބޭނުން ވަނީ އެންމެ ވޯޓެކަމަށާ އެހެންކަމުން އެންމެންނުކުމެ ވޯޓުލެއްވުމަށާ އަދި އާއިލާ އާއި ރައްޓެހިން ވެސް ނުކުމެ ވޯޓުލުމަށް ބާރުއެޅުއްވައިދެއްވުމަށް މަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ، ރޭ އެމަނިކުފާނު އައްޑޫސިޓީއަށް ވަޑައިގަތުމުން ފެނިވަޑައިގަތީ ހަގީގަތުގައި ވެސް އިންތިހާބު ނިމި، އެމްޑީޕީ އަށް ކާމިޔާބުވެފައި އޮތް މަންޒަރު ކަމަށެވެ.
“އަޅުގަނޑަށް ފެންނަނީ މިކަން ހަމަ ހަގީގަތުގައި ވެސް ނިމިފައި އޮތް ތަން،”
ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ރޭ އައްޑޫސިޓީ އަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންވާފައިވާއިރު ރައީސަށް މަރުހަބާ ދެންނެވުމަށް ގަން އެއާޕޯޓްގައި ދަމާލި ސަފުގައިތިބި އެންމެންނާ ސަލާމް ކުރުމަށް ރައީސް ދެގަޑިއިރު ހޭދަ ކުރެއްވި އެވެ.
ކޮމެންޓްސް (0)