ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ އަޅާނެ ބަޔަކު ހޯދަނީ

ފުވައްމުލައް ސިޓީގައި ސަރުކާރުން ތަރައްޤީކުރާ “ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ” އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިޢުލާނުކޮށްފިއެވެ.

މި ލެބޯޓްރީއަކީ ޔޫ.އެން.ޑީ.ޕީގެ “ޕްރޮޖެކްޓް ފޯރ ޑިވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަޔްޗަރ އިކޮނޮމީ” ގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ އެދިލެއްވުމުގެ މަތިން ފުވައްމުލަކު ސިޓީގައި އަޅާ ތަނެކެވެ.

ފުވައްމުލަކުގައި އަޅާ ދަނޑުވެރިކަމުގެ ޤައުމީ ލެބަކީ ރާއްޖޭގައި އަޅާ މިފަދަ ފުރަތަމަ ލެބެވެ. މި މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ބީލަމުގައި ބައިވެރިވުމަށް  500 ރުފިޔާ ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 3 ސެޕްޓެންބަރުގެ ކުރިން، ފިނޭންސް މިނިސްޓްރީއަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ. މިޕްރޮޖެކްޓުގެ ބިޑުތައް ހުޅުވުން އޮންނާނީ 21 ސެޕްޓެންބަރު ގައި ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކުގައި އަޅާ ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ ތަރައްޤީކުރާނީ ރައްޔިތުން ބަލައިގަންނާނެ ފަދަ ގޮތަކަށް 4 ކަމަކަށް ޚާއްސަ ލެބޯޓަރީއަކާއި އެކުގައިކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ. އޭގެތެރޭގައި ފަސް ތަހުލީލު ކުރުމާއި، ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި، އަދި ގަސްތަކުގެ ޓިޝޫ ނަގައިގެން ކަލްޗަރކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައެވެ. މިތަނަށް ބޭނުންވާ އާލާތްތައް އިންޑިއާ ސަރުކާރުން ދޭއިރު، ސީޑްސް ޕްރޮޖެކްޓް ޖަޕާން މަޝްރޫޢުގެ ދަށުން ޕްރޮޖެކްޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިޤްތިޞާދުގައި ދަނޑުވެރިކަން ހިއްސާކުރާ މިންވަރު އިތުރުކުރުމެވެ. މި މަސައްކަތުގެ ދަށުން ދަނޑުވެރިކަން ކުރިއަރުވައި ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީން އިތުރު 23 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 23 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އައްޑޫސިޓީގެ އެކްޓިވް ކޭސްގެ އަދަދު 227 އަށް އަރައިފިއެވެ. ...

އޭޝިއާ ބެޑްމިންޓަން އެކެޑަމީގައި އައްޑޫ ސިޓީގެ 11 ދަރިވަރަކު ތަމްރީނުވަނީ

މެލޭޝިއާގައި ހުންނަ އޭޝިއާ ބެޑްމިންޓަން އެކެޑަމީ ކޮމްޕްލެކްސްގައި އައްޑޫ ސިޓީގެ 11 ދަރިވަރަކު ތަމްރީނުވާން ފަށައިފިއެވެ. މިއީ އައްޑޫގައި ...

ޔޫރޯ 2020- ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް ބެލްޖިއަމް ކުއާޓާއަށް

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގައި ޔޫރޯގެ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ކަޓުވާލާ ކުއާޓަރ ފައިނަލަށް ...