މާފުށިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު ނެރެ، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ކ. މާފުށިން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާފުށިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 308 ބަންޑާރަ ގޯއްޗެވެ. މި ގޯތިތަކަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. ވަގުތީ ލިސްޓުގައިވާ ގޮތުން ގޯތި ލިބޭ 308 މީހުންނަކީވެސް މާފުށީގެ ރައްވެހިންނެވެ.

މާފުށި ކައުންސިލުން ވިދާޅުވީ، ލިސްޓާއި މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ މިމަހުގެ 24 ވަނަ ދުވަހުގެ 14:00ގެ ކުރިން ލިޔުމުން ނުވަތަ މެއިލް މެދުވެރިކޮށް ޝަކުވާ ހުށައެޅޭނެކަމަށެވެ. ލިޔުމުން ޝަކުވާ ހުށައަޅަން ޖެހޭނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ރަށު ކައުންސިލަށެވެ. އީމެއިލް މެދުވެރިކޮށްނަމަ info@maafushi.gov.mv އަށް ޝަކުވާ ހުށައެޅޭނެއެވެ.

advertisement

މާފުށިން ދޫކުރާ ގޯއްޗަށް އެދި ހުށަހެޅުމަށް ކޮންމެހެން އެ ރަށުގެ ރައްޔިތަކަށްވާކަށް ނުޖެހެއެވެ. ހަމައެކަނި ޝަރުތަކީ ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 ފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުމެވެ. މީގެއިތުރުން ސަރުކާރުން ހަދާފައިވާ އިމާރާތެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާ މީހަކަށް ނުވުމާއި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮތްނަމަ އެތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

ކ.މާފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށް، އެ މަސައްކަތް 2021 އޮކްޓޯބަރުމަހު ވަނީ މުޅިން ނިންމާފައެވެ. މިމަޝްރޫޢުގައި އެރަށު ފަޅުން 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި 1100 ހެކްޓަރުގެ ސަރަޙައްދެއް ވަނީ ޙިމާޔަތްކޮށްފައެވެ.


advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ހެރަތެރަ ރިސޯޓް އައިސޮލޭޝަން ފެސިލިޓީއަކަށް ހަދައިފި – ހެރެތެރެ ފެސިލިޓީގައި 270 ކޮޓަރި ހުންނާނެ

ރާއްޖޭގެ އެންމެ ދެކުނަށް ޚާއްޞަކޮށްގެން އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތައްޔާރުކޮށްފައިވަނީ އައްޑޫ އަތޮޅު ހެރެތެރެ އައިލެންޑް ރިސޯޓުކަމަށް ޓޫރިޒަމް ...

ވައިބަރ ކޮންމެ ސްޓިކާ ޕެކެއްވެސް ޑައުންލޯޑް ކޮށްލެވޭ ޚާއްސަ ޕެކެޖެއް އުރީދޫއިން ތައާރަފްކޮށްފި

އެންމެ 19 ރުފިޔާއަށް ވައިބަރގެ ކޮންމެ ސްޓިކަރ ޕެކެއްވެސް ޑައުންލޯޑް ކުރެވޭ ހާއްސަ ޕެކޭޖެއް މިއަދު އުރީދޫއިން ތައާރަފުކޮށްފި ...

ކުޑަކުދިންގެ ހަވީރާއެކު އުފާވެރި ވަގުތުކޮޅެއް

މިދިޔަ ހޮނިހިރުދުވަހަކީ ހުޅުދޫގައި ކުޑަކުދިންނަށް  ހާއްސަ ދުވަހެކެވެ. އެ ދުވަހު އެރަށުގައި މީގެ ކުރިން ފާހަގަނުކުރާ ވަރުގެ ބޮޑުކޮށް ...