“ކުދިން ތަރުބިއްޔަތުކުރުމަށް ފަހި މަގެއް” ފޮތް ރައީސްގެ އަނބިކަބަލުން ނެރެދެއްވައިފި

“ކުދިން ތަރުބިއްޔަތު ކުރުމަށް ފަހިމަގެއް” މިނަމުގައި އަޙްމަދު ފަޔާޟް ޙަސަން ލިޔުއްވާފައިވާ ފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ނެރެދެއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ޤައުމީ ކުތުބުޚާނާގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި މިފޮތުގައި ހިމަނާފައިވާ މަޢުލޫމާތު ޢަމަލީ ގޮތުން ބޭނުން ކުރެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެކަމަނާ ވިދާޅުވީ، މި ފޮތަކީ ވަރަށް މުހިއްމު އަދި ބޭނުންތެރި ފޮތެއް ކަމަށެވެ. އަދި ދަރިންތަރުބިއްޔަތު ކުރުމުގައި ކޮންމެ ދުވަހަކީވެސް ކަންކަން ދަސްކުރަންޖެހޭ ދުވަހެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ކުދީން ތަރުބިއްޔަތުކުރަން ފަހިމަގެއް – މިނަމުގައި އަހުމަދު ފަޔާޒު ހަސަން ލިއުއްވާފައިވާ ފޮތް ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަބަލުން ނެރެދެއްވަނީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ މުހިންމުކަމަކީ ކުދިންނަށް ނަމޫނާ ދެއްކުން ކަމަށާއި އެކަން ގިނަ ބަޔަކު ޤަބޫލުވެސް ކުރާކަމަށެވެ. އަދި ކުދިންނަށް މައިންބަފައިން ދައްކާ ނަމޫނާގައި ކުދިން ނުހިފާ ނަމަވެސް އެކަމަކީ ކުދިންގެ ކިބައިން އުއްމީދު ކަނޑައިލާންވީ ކަމެއް ނޫންކަމަށާއި، ކުދިންނަށް ނަމޫނާ ދެއްކުމުގައި ބެލެނިވެރިން ދެމި ތިއްބެވުމަކީ ވަރަށް މުހިންމުކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެކަމަނާގެ ވާހަކަފުޅުގައި ވަނީ، ޓީޗަރެއްގެ ހައިސިއްޔަތުންނާއި މަންމައެއްގެ ހައިސިއްޔަތުން އެކަމަނާގެ ތަޖުރިބާތައްވެސް މިރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކާއި ޙިއްޞާ ކުރައްވާފައެވެ.

“ދަރިން ތަރުބިއްޔަތުކުރުމުގެ އެންމެ މުހިންމުކަމަކީ ކުދިންނަށް ނަމޫނާ ދެއްކުން. އަދި ނަމޫނާ ދައްކާއިރު އެކަމުގައި ދެމި ތިބެންޖެހޭ. އެގޮތުން މި ފޮތުގަ ހުރި މައުލޫމާތު ބޭނުންކުރުމަކީ ވަރަށް މުހިންމުކަމެއް”

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

އަޙްމަދު ފަޔާޟް ޙަސަން ލިޔުއްވާފައިވާ، “ކުދިން ތަރުބިއްޔަތުކުރުމަށް ފަހިމަގެއް.” މިފޮތުގައި، ކުދިންތަރުބިއްޔަތު ކުރުމުގައި ޢަމަލު ކުރެވިދާނެ މުހިއްމު ގޮތްތަކާއި މަޢުލޫމާތު ހިމަނާފައިވެއެވެ.

ކުތުބުޚާނާގައި ބޭއްވުނު ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން، ފޮތުގެ މުސައްނިފް އަޙްމަދް ފަޔާޟް ހަސަނާއި، ދިވެހި ބަހުގެ އެކެޑަމީގެ ކުރީގެ ރައީސް ޢަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިރަސްމިއްޔާތުގައި މި ފޮތުގެ މުސައްނިފް އަޙްމަދް ފަޔާޟް ޙަސަންވަނީ މިފޮތް ލިޔުއްވުމައްޓަކައި ދިރާސާކުރައްވަމުން ގެންދެވިއިރު ފާހަގަ ކުރެވުނު ކަންތައްތަކަށް އަލިއަޅުވައިލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

“މި ފޮތް ލިޔުމައްޓަކައި ދިރާސާކުރައްވަމުން ގެންދެވިއިރު އަޅުގަނޑަށް އެންމެ ފާހަގަކުރެވުނުކަމަކީ، އަޅުގަނޑުމެންނާ އަޅުގަނޑުމެންގެ ކުދިންނާ އޮންނަ ގުޅުން ކުޑަ މިންވަރު”

އަޙްމަދް ފަޔާޟް ހަސަން ވިދާޅުވިއެވެ.

އަޙްމަދް ފަޔާޟް ހަސަން ލިޔުއްވި ބައެއް ފޮތްތައް މީގެ ކުރިންވެސް ވަނީ ޝާޢިއުކުރައްވާފައެވެ. އެގޮތުން ފަޔާޟް އެންމެ ފުރަތަމަ ފޮތެއް ލިޔުއްވާއިފައިވަނީ 1990 ގައެވެ. މީގެއިތުރުން ފަޔާޟަކީ، އަސަރުގަދަ ޙަލީލް ޖިބްރާނީގެ “ބްރޯކެން ވިންގްސް” ފޮތް ވެސް ދިވެހިބަހުން ލިޔުއްވި މުސަންނިފްވެސްމެއެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާފުށީ ޖަލުން ކޮވިޑް ކޭސްތަކެއް ފެނި ޖަލު ކުއްލި ހާލަތަށް މިއަދު ގެންނަނީ

ކޮވިޑްގެ ހާލަތު ގޯސްވެ، މާފުށީ ޖަލު ކުއްލި ހާލަތަށް ގެންނަން ނިންމައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ކޮށްފައިވާ އިއުލާނެއްގައި ...

ހުޅުދޫ ހުވަނގު ޖަމްއިއްޔާގެ 5 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި

ހުޅުދޫ ހުވަނގު ޖަމްއިއްޔާގެ ބޯޑް މިއަހަރަށް އިފްތިތާހް ކުރުމުގެ ޖަލްސާ ބާއްވައިފި އެވެ. ހުޅުދޫ ސަނަމް ބީޗް ސަރަހައްދުގައި ...

ފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ސީރިއަސް ހާލަތުގައި

އައްޑޫ ސިޓީ ފޭދޫގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ. މިއެކްސިޑެންޓާބެހޭގޮތުން ...