ދޮށީއުމުރުގެ މީހުންނަކީ ގަދަރުވެރިކަމާއެކު ދިރި އުޅެވޭނެ ބަޔަކަށް ހަދާދޭނަން- ރައީސް ސޯލިހު

ދޮށީ އުމުރުގެ މީހުންނަކީ ގަދަރުވެރިކަމާ އެކުގައި ދިރިއުޅެވޭ ބަޔަކަށް  ހަދައި ރައްކާތެރި ވެއްޓެއްގައި ހަށިހެޔޮ، ދުޅަހެޔޮ ކަމުގައި އުޅެވޭނެ ގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ގއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ދެއްވަދޫގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ އާބާދީ ދޮށީ އުމުރުގެ އާބާދީއަކާ ދިމާއަށް މިސްރާބު ޖަހާފައިވާތީ ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގައި އެ އުމުރުގެ މީހުންނަށް ފުރިހަމަކޮށް ދެއްވާނެ ބައެއް ކަންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވަދޫގައި ވާހަކަފުޅު ދައްކަވަމުން ވަނީ އިއުލާން ކުރައްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖެ މިސްރާބު ޖަހާފައި މިވަނީ ދޮށީ އުމުރުގެ އާބާދީއަކާ ދިމާލަށް ކަމަށާއި އެވްރެޖް ދިވެއްސެއްގެ އުމުރު މިހާރު ހުރީ 80 އަހަރުގައި ކަމަށެވެ. އަދި ދުވަސްކޮޅަކުން ރާއްޖޭގެ އާބާދީވެގެން ދާނީ ދޮށީ އުމުރުގެ އާބާދީއަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުމެން އެކަމަށް ތައްޔާރު ވާން އެބަޖެހޭ. ދޮށީ އުމުރުގައި ހަމަޖެހިގެން އުފަލުގައި އާއިލާއާ އެކުގައި އުޅެވޭނެ ގޮތްތަކެއް ހޯދައި ދޭން އެބަޖެހޭ.”

ރައީސް ވިދާޅުވިއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގަން އެއާޕޯޓް މަޝްރޫއު ފައްޓަވައިދެއްވުމަށް ރައީސް އައްޑުއަށް ވަޑައިގަންނަވަނީ

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންނަ މަހު އައްޑޫ ސިޓީއަށް ...

މާލޭ ސިޓީކައުންސިލް އުފެއްދީ ނިކަމެތި އަންހެނުންނަށް އަނިޔާވެރިވާކަށް ނޫން – ރޮޒެއިނާ

މާލޭ ސިޓީކައުންސިލް އުފެއްދީ ނިކަމެތި އަންހެނުންތަކަކަށް އަނިޔާވެރިވާން ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ...

އެމްއީސީ ބަދަހިކަޕް- ޓީމް ހުދުހުދާއި ހުޅުދޫ ޔޫތު ބައްދަލުކުރާ ފޯރިގަދަމެޗް މިރޭ

އެމްއީސީ ނެޓްބޯޅަ މުބާރާތުގައި މިރޭ ފޯރިގަދަ މެޗެއް ކުޅެވޭނެއެވެ. މިމެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭ އިން ސެމީފައިނަލަށް ހޮވިފައިވާ ...