ގަން އެއާޕޯޓް މަޝްރޫއު ފައްޓަވައިދެއްވުމަށް ރައީސް އައްޑުއަށް ވަޑައިގަންނަވަނީ

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންނަ މަހު އައްޑޫ ސިޓީއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ މަޝްރޫއު ރަސްމީކޮށް އިފުތިތާހުކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ކުރީކޮޅު ކަމަށެވެ. އެހެންވެ އެކަމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަށް ގާތްގަނޑަކަށް 29.7 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެ އެވެ.

މި މަޝްރޫއުގެ ދަށުން 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި އެއާޕޯޓްގެ ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރަން ވަނީ ހަމަޖެހިފަ އެވެ.

މަޝްރޫއުގެ މަސައްކަތް ނިންމަން ހަމަޖެހިފައި ވަނީ 2025 ވަނަ އަހަރު އެވެ. ރައީސް ސޯލިހު އެންމެ ފަހުން އައްޑޫ ސިޓީއަށް ވަޑައިގަތީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެމަނިކުފާނު މީގެކުރިން ވިދާޅުވެފައި ވަނީ އައްޑޫ ތަރައްގީނުވެ ރާއްޖެ ތަރައްގީނުވާނެ ކަމަށެވެ.

އައްޑޫގެ ތަރައްގީއަށް މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހަންކެނޑެ ފަތުރުވެރިކަމުގެ ޕްރޮޖެކްޓް ހިމެނެ އެވެ. އެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ޔާމީން ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފި

ޝަރިއާތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ...

އިތުރު 3 ދުވަހަށް ޖަމާއަތުގައި ނަމާދު ނުކުރުމަށް އަންގަވައިފި

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން  އައްޑޫސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރަން ...

އައްޑޫ ސިޓީ ކައުންސިލް: ޑެޕިއުޓީ މޭޔަރަކަށް މެދުވަލު ދާއިރާގެ މެމްބަރު ޝުއާއު އައްޔަންކޮށްފި

އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ހިތަދޫ މެދުވަލު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު މުހައްމަދު ޝުއާއު އައްޔަނުކޮށްފިއެވެ. ޝުއާއު ޑެޕިއުޓީ މޭޔަރުގެ ...