ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ޑރ މުނައްވަރު ނިންމަވައިފި

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރާނެ ކަމަށް އިއުލާނު ކުރެއްވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމަވައިފިއެވެ

ޑރ. މުނައްވަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. މުނައްވަރު ވަނީ އޭނާއަށް ތާއީދުކުރައްވާ ތާއީދު ފޯމުގައި ސޮއި ކުރެއްވި ފަރާތްތަކަށާއިއެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރުވެސް އަދާކުރައްވާފައެވެ.

އަންނަ މަހު ބާއްވާ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން މުނައްވަރު އިއުލާން ކުރެއްވީ މި އަހަރުގެ މާޗް މަހު އެވެ. އެ ފަހުން ކެމްޕެއިންގެ ބައެއް މަސައްކަތްތައް ކުރައްވައި ޖަގަހައެއް ވެސް ހުޅުވި އެވެ.

ޑރ. މުނައްވަރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަންޑާރަނައިބުގެ މަގާމް 10 އަހަރު ފުރުއްވައިފަ އެވެ. އޭގެ ފަހުން، 2008 ގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވެވަޑައިގަތެވެ. ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރެއްވި ނަމަވެސް އެ ފަހަރު ނާކާމިޔާބުވީ އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު ވަކިވެ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ، ނަމަވެސް ފަހުން ޖުމްހޫރީ ޕާޓީއާ ވެސް ދުރަށް ވަޑައިގެންނެވިއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވިލާ ގްރޫޕުން ދައްކަންޖެހޭ ފައިސާގެ އަދަދަކީ މިއަހަރަށް ލިބޭނޭކަމަށް ލަފާކުރި އާމްދަނީގެ 13.3 އިންސައްތަ- އާޒިމާ

ވިލާ ގްރޫޕުން މިހާތަނަށް ދައުލަތައް ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދު، މިއަހަރު ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކޮށްފައިވާ އާމްދަނީގެ %13.3 ...

ސ. ހުޅުދޫ ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީ ހުޅުދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. ހުޅުމީދޫ ސިއްހީމަރުކަޒުގެ ބޭފުޅަކު ވީއޯއެމްއަށް މައުލޫމާތު ...

ކޯލިޝަން ހެދުމާއި ގުޅޭގޮތުން ޑިމޮކްރެޓްސްގެ ނިންމުން މިރޭ!

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބަޔަކާއެކު ކޯލިޝަން ހެދުމާމެދު މިރޭ ގޮތެއް ނިންމާނެ ކަމަށް ޑިމޮކްރެޓްސް އިން ބުނެފި ...