ދުނިޔޭގެ ވޮލީބޯޅަ އަންހެން ޗެމްޕިއަންކަން ތުރުކީ އިން ހޯދައިފި

ދުނިޔޭގެ އަންހެނުންގެ ވޮލީބޯޅަ ޗެމްޕިއަންޝިޕް ތުރުކީގެ ގައުމީ ޓީމުން ކާމިޔާބްކޮށްފި އެވެ.

ތުރުކީން ދުނިޔޭގެ ވޯލީބޯޅައިގެ ޗެމްޕިއަންކަން ހޯދައި ރަން މެޑަލް ކާމިޔާބު މިކުރީ މުޅިން އަލަށެވެ. އެހެންކަމުން ތުރުކީއަށް ދުނިޔޭގެ ވޮލީބޯޅައިގައި ހޯދިފައި މިވަނީ ތާރީހީ ކާމިޔާބެކެވެ.

އަންހެނުންގެ ވޮލީބޯޅައިގައި ތުރުކީ އިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ އެމެރިކާގެ ޓެކްސަސްގެ އާލިންޓަންގައި ކުޅެވުނު ފައިނަލްމެޗްގައި  ޗައިނާ ބަލިކުރުމަށްފަހު އެވެ. ތުރުކީ އިން ފައިނަލްގައި ޗައިނާ އަތުން މޮޅުވެފައިވަނީ 3 ސެޓް 1 ސެޓުންނެވެ.  ތުރުކީ އިން ސެޓްތައް ގެންދިޔައީ 25-22، 22-25، 25-19، 25-16 އިންނެވެ.

ތުރުކީއާއި ޗައިނާ ބައްދަލުކުރި ފައިނަލްމެޗް


މި މުބާރާތުގައި މޮޅު ކުޅުމެއް ކުޅުނު ތުރުކީ ޓީމުން ފައިނަލަށް ގޮސްފައިވަނީ އެމެރިކާ އަތުން 3 ސެޓް 1 ސެޓުން ސެމީ ފައިނަލްގައި މޮޅުވެގެންނެވެ.

މި މުބާރާތުގައި ތިންވަނަ ހޮވުމަށް އެމެރިކާ އަދި ޕޮލެންޑް ބައްދަލުކުރި މެޗުން ޕޮލެންޑް 3 ސެޓް 2 ސެޓުން މޮޅުވެ ބްރޯންޒް މެޑަލް ހޯދީ ޕޮލެންޑެވެ.   
ތުރުކީއަށް މިހާތަނަށް ވޮލީބޯޅައިގައި ލިބިފައިވާ ބޮޑު ކާމިޔާބަކީ 2003 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންޝިޕްގައި ހޯދި ސިލްވަ އާއި ޔޫރަޕް ވޮލީބޯޅަ މުބާރާތުގައި 2019 ގައި ހޯދި ސިލްވަ މެޑަލް އެވެ. މީގެ އިތުރުން 2018 ގައި ވިމެންސް ނޭޝަންސް ލީގު އަދި 2021 ގައި ވޯލީބޯލް ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ބްރޯންޒް ކާމިޔާބްކޮށްފައިވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގަތަރު ވޯލްޑްކަޕް 2022: އެމެރިކާއިން ގަދަފަދަ އިނގިރޭސިން ހިފަހައްޓައިފި

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީގައި އިންގްލެންޑުން ކުޅުނު ދެވަނަ މެޗުގައި ގޯލެއް ނުޖެހި އެމެރިކާ ...

ހިތަދޫޓީމް ފައިނަލް ބުރުގެ މެޗްތައް ކުޅެންޖެހެނީ ފ. ނިލަންދޫގައި

މިނިވަން ޗެމްޕިއަންޝިޕުގެ އައްޑޫ ޗެމްޕިއަން އަދި   ޒޯން 8 ގެ ޗެމްޕިއަން އައްޑޫސިޓީ ހިތަދޫ ޓީމް ޒޯން ޗެމްޕިއަނުންގެ ...

ގައުމު ސްޓްރީޓް ކަޕް 2020: ޒެފިޔާ ބަލިކޮށް ކްއާޓާފައިނަލްގެ ފުރުސަތު ހަބޭސްއިން ހޯދައިފި

“ގައުމު ސްޓްރީޓް ކަޕް ” ގައި މިއަދު ހަވީރު  ކުޅުނު ގްރޫޕް ޑީގެ މެޗް  ފޭދޫ ހަބޭސް ކާމިޔާބުކޮށް ...