ގއ އަދި ގދ ގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށައިފި

ގއ އަދި ގދ ގައި އާރްޓީއެލް ހައި ސްޕީޑް ފެރީގެ ހިދުމަތް ފަށައިފިއެވެ.

ޒޯން ފަހެއްގައި ހިމެނޭ ހުވަދު އަތޮޅުގައި ބުރާސްފަތި ދުވަހު މި ހިދުމަތް ފަށާފައިވާއިރު ފުރަތަމަ ހަފްތާގައި މި ހިދުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

ގއ އަދި ގދ ގައި އާރްޓީއެލްގެ ހިދުމަތް ފެށުން

ހިލޭ މި ހިދުމަތް ދޭ ހަފްތާއަކީ ފެރީ ޝެޑއިުލަށް ކަސްޓަމަރުން އަހުލުވެރިކުރުވާ އެ ހިދުމަތް ރަނގަޅަށް ތަޖުރިބާ ކުރުމަށް ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ކަސްޓަމަރުންގެ ހިޔާލާއި އެއްގޮތަށް ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ކަމަަށްވެސް އެ ކުންފުނިން ބުނެއެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ގއ އަދި ގދ އަތޮޅުގައި ހަފްތާއަކު ހަތް ދުވަހު އާރްޓީއެލް ފެރީގެ ހިދުމަތް ލިބޭނެއެވެ. މި ހިދުމަތަށް އެ ދެ އަތޮޅުގައި 6 ފެރީ ބޭނުން ކުރާނެ އެވެ.

ގއ އަދި ގދ ގައި އާރްޓީއެލްގެ ހިދުމަތް ފެށުން

އާރްޓީއެލް ފެރީތަކަކީ ޖުމްލަ 50 ފަސިންޖަރުންނަށް އަރާމުކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. އަދި އާރްޓީއެލް އުޅަނދުތަކުގެ ކައްޕިންނާއި ފަޅުވެރިންނަކީ މި މަސައްކަތަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ފުރިހަމަކޮށްފައިވާ މުވައްޒަފުންތަކެކެވެ. މި އުޅަނދުތަކުގައި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ވީލްޗެއަރ ސްޕޭސް އާއި ސްޓްރެކްޗަރ ސްޕޭސް ހުންނާނެއެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ އަމާޒަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްޖެ ގޮތުގައި ދެމިތިބުމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކޮށްފި

ދިވެހިރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސަކަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޑް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބުވެވަޑައިގެންނެވިކަން ...

އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވަމުން ގެންދެވި ކެޕްޓަން މުޙައްމަދު ރާމިޒް ކުއްލި ގޮތަކަށް ނިޔާވެއްޖެ

އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވަމުން ގެންދެވި ކެޕްޓަން މުޙައްމަދު ރާމިޒް ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ. ކެޕްޓަން މުޙައްމަދު ...

ރައީސް ސޯލިހްގެ އިސްތަށިފުޅުގައި ނުވަތަ ބަނޑުފުޅުގައި ބަޑިޖެއްސިއަސް އިސްތިއުފާ ނުދެއްވާނެ- ޑރ.ޑީޑީ

ރައީސް ސޯލިހްގެ އިސްތަށިފުޅުގައި ނުވަތަ ބަނޑުފުޅުގައި ބަޑިޖެއްސިއަސް އިސްތިއުފާ ނުދެއްވާނެ ކަމަށާ އަދި އެމަނިކުފާނުގެ އެކައުންޓްގައި 100 މިލިއަން ...