އޭޝިއާ ބެޑްމިންޓަން އެކެޑަމީގައި އައްޑޫ ސިޓީގެ 11 ދަރިވަރަކު ތަމްރީނުވަނީ

މެލޭޝިއާގައި ހުންނަ އޭޝިއާ ބެޑްމިންޓަން އެކެޑަމީ ކޮމްޕްލެކްސްގައި އައްޑޫ ސިޓީގެ 11 ދަރިވަރަކު ތަމްރީނުވާން ފަށައިފިއެވެ.

މިއީ އައްޑޫގައި ބެޑްމިންޓަން ކުރިއެރުވުމަށް މަސައްކަތްކުރާ އެމްސްޕޯޓްސް އާއި ހޮރައިޒަން އެކެޑަމީގައި ތަމްރީން ހޯދާ ދަރިވަރުންނަށް، އެ ފަރާތުން ފަހިކޮށްދެއްވި ފުރުސަތެކެވެ. އެގޮތުން އައްޑޫގެ ހަތަރު ސްކޫލަކަށް ނިސްބަތްވާ ދަރިވަރުން މި ތަމްރީނުގައި ބައިވެރިވެއެވެ. އެއީ ފޭދޫ ސްކޫލުގެ ހަތަރު ދަރިވަރަކާއި، ހިތަދޫ ސްކޫލުގެ ދެ ދަރިވަރުންނާއި، ޝަރަފުއްދީން ސްކޫލުގެ ދެ ދަރިވަރަކާއި، ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލް އައްޑޫ ކެމްޕަސްގެ ތިން ދަރިވަރުންނެވެ.

ފަނަރަ އަހަރުގެ ކޯޗިން ތަޖުރިބާއާއެކު އައްޑޫގައި ބެޑްމިންޓަން ދަސްކޮށްދެމުން އަންނަ އެމް ސްޕޯޓްސްގެ ފައުންޑަރ މުޙައްމަދު އައްފާންވެސް ވަނީ މި ދަރިވަރުންނާއެކު މެލޭޝިއާއަށް ފުރާފައެވެ. މި ތަމްރީން ޕްރޮގްރާމާއި ގުޅޭގޮތުން އައްފާން ވިދާޅުވީ އެއް މަސް ދުވަހަށް މެލޭޝިއާގައި ކުރިއަށްދާ މި ޕްރޮގްރާމުގެ ސަބަބުން ބައިވެރިންނަށް ބެޑްމިންޓަންގެ ދާއިރާއިން އިތުރު ތަމްރީނާއި ފުރުސަތު ލިބި ދަރިވަރުންގެ ކުޅުމުގެ ފެންވަރު އިހުނަށްވުރެ ރަނގަޅުވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ރާއްޖޭގެ އިތުރުން، އިންޑިއާ، ރަޝިއާ، ޗައިނާ އަދި މެލޭޝިއާގެ ދަރިވަރުން މި ޕްރޮގްރާމުގައި ބައިވެރިވާ ކަމަށާއި، އެހެންކަމުން މިހާރު ދަރިވަރުންނަށް ލިބިފައިވާ ހުނަރުގެ އިތުރުން އިތުރު ކަންކަން އެކުދިންނަށް ދަސްވުމުގެ ފުރުސަތު ބޮޑު ކަމަށް އައްފާން ވިދާޅުވިއެވެ. އަދި މިއީ ދަރިވަރުންގެ ހިތްތަކުގައި މި ކުޅިވަރަށް ޝައުގު އުފެދި، އަދި ކުދިންގެ ފަރާތުން އައްޑޫ އާއި އަދި މުޅި ރާއްޖެއަށްވެސް ބެޑްމިންޓަނުގެ ތެރެއިން ކުރިއެރުމާއި ކާމިޔާބީ ހޯދައިދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެއް ކަމަށްވެސް އައްފާން ވިދާޅުވިއެވެ.

މަސްދަރު : ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީޑިއާނެޓް ބޯޅަ ފިއެސްޓާ މިއަދު ދުވަހު ފަށަނީ

މީޑިއާނެޓް ބޯޅަ ފިއެސްޓާގެ ނަމުގައި ފަށާ ކުޅިވަރުގެ ޚާއްސަ ކެމްޕެއިން މިއަދު ( 14 ޖުލައި 2023 ) ...

އަލްމާ ބޯޓު ފަރަށް އަރައިފ

މާލެއިން ފުރައިގެން ސ.މީދޫ އަށް ދަތުރުކުރި “އަލްމާ” ބޯޓު ސ.މީދޫ ނެރުބައްތީގެ އިރު ދެކުނު ފަރަށް އެރުމާ ގުޅިގެން ...

50 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ލިބޭނެ – ޤައުމީ ވެކްސިން ޕްރޮގްރާމް

ކޯވިޑް-19އިން ރައްކާތެރިވުމަށް ދޭ ވެކްސިން ރާއްޖޭގައި ޢުމުރުން 50 އަހަރާއި 50 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ދިނުމަށް ...