މިހާރު މީދޫގައި ކުރިއަށްދާ ” ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓްގެ 4 ވަނަ މެޗް އައްޑޫސިޓީ ޕޮލިސްޓީމު ކާމިޔާބުކޮށްފިއެވެ.
އާދީއްތަދުވަހުގެރޭ މީދޫ އިޖުތިމާއީމަރުކަޒުގެ ވޮލީކޯޓްގައި ކުޅެވުނު މިމެޗް އައްޑޫސިޓީ ޕޮލިސް ކާމިޔާބުކޮށްފައިވަނީ ގދ. ޕޮލިސްއާއި ވާދަކޮށް ސީދާ ދެސެޓުންނެވެ.
މިމެޗުގެ ސެޓްތައް އައްޑޫސިޓީ ޕޮލިސް ކާމިޔާބުކޮށްފައިވަނީ 25-16 އަދި 25-21 އިންނެވެ.
ގއ. ޕޮލިސްޓީމް – އައްޑޫޕޮލިސްޓީމާ ވާދަކޮށް ގއ. ޕޮލިސްޓީމު ބަލިވީ ސީދާ ދެސެޓުން
އައްޑޫސިޓީ ޑަބްލިއުޑީސީގެ ނާއިބްރައީސާ ނައުމާ ޝަރަފްވެރިކޮށްދެއްވި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އައްޑޫ ޕޮލިސް ޓީމުގެ އާމިނަތުއެވެ.
މިމެޗުން މޮޅުވި އައްޑޫސިޓީ ޕޮލިސްޓީމު މިމުބާރާތުގައި ފުރަތަމަ ކުޅުނު މެޗްގައި ފުވައްމުލަށް ސިޓީ ޕޮލިސް އާއި ބައްދަލުކޮށް ސީދާ ދެސެޓުންވަނީ ބަލިވެއެވެ.
މިމެޗުން ދެރަވި ގދ. ޕޮލިސް ޓީމު ކުޅުނު ފުރަތަމަމެޗްގައި ގއ. ޕޮލިސްޓީމާ ވާދަކޮށް ދެސެޓް 1 ސެޓުންވަނީ މޮޅުވެފައެވެ.
މިމުބާރާތަކީ އައްޑޫސިޓީ ޕޮލިސް ރިކްރިއޭޝަން ކުލަބު ސައުތު ބްލޫޒްއިން ތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ.
ކޮމެންޓްސް (0)