އިތުރު 12 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

advertisement

އިތުރު 12 މީހަކު ހުޅުދޫއާއި މީދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި 12 މީހުންެގެ ތެރޭގައި ދާދިފަހުން މާލެން ހުޅުދުއަށް އައިސްފައިވާ ސްޕީޑް ބޯޓްގެ 7 މީހުން ހިމެނެއެވެ. އަދި މީގެއތުރަށް މި 12 މީހުންގެ ތެރޭގައި ހިމެނެނީ މީގެ ކުރީން ހުޅުދޫން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ 4 މީހުންނާއި އަދި މީގެ ގެކުރީން މީދުން ކޮވިޑަށް ޕޮޒިޓިވްވި ފަރާތަކާއި ޑައިރެކްޓް ކޮންޓެކްވެފައިވާ މީދޫ މީހެކެވެ.

ހުޅުދޫއާއި މީދޫގައި ކޮވިޑްގެ ހާލަތު ކަންބޮޑުވާން ޖެހޭ މިންވަރަށް ފެތުރިގެން ގޮސްފައިވާއިރު މިއަދު ޕޮޒިޓިވްވި 12 ކޭސްއާއިއެކު ޖުމްލަ 48 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށްވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ހުޅުދޫ އާއި މީދުން 70 ވަރަކަށްގެ ވަނީ ކަރަންޓީނުކޮށްފައެވެ.

ކޮވިޑްގެ ހާލަތު ކަންބޮޑުވާންޖެހޭ މިންވަރަށް ހުޅުދޫއާއި މީދޫގައި ފެތުރެމުންދާއިރު ކޮވިޑްގެ ކޭސްތައް މަދުކުރުމަށް  ކަމާބެހޭ ފަރާތްތަކަށް އެއްބާރުންލުން ދިނުމުގެ ގޮތުން ކޮންޓެކްޓް ރޭސިންގެ ތެދުމައުލޫމާތު ހިއްސާކުރުމަށާ  ބަލިއިތުރަށް ފެތުރުން ހުއްޓުވުމަށް ސާމްޕަލް ނަގާ ފަރާތްތަކުން ވެސް ނަތީޖާ ލިބެންދެން ސެލްފް އައިސޮލޭޝަންގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.

އަދި ބަލިމީހުންނާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކުންވެސް އެކަން ސިއްހީމަރުކަޒުގެ 6894680 ނަމްބަރު ފޯނަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާ ކުރުމަށްފަހު ކަމާ ބެހޭ ފަރާތްތަކުން ވަކި ގޮތެއް އަންގަވަންދެން ސެލްފް އައިސޮލޭޝަނުގައި ތިބުމަކީ ބަލިއިތުރަށް ފެތުރިޔަ ނުދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

އަދި މީގެ އިތުރަށް ރޯދަކުރުމުގެ ގޮތުން ގްރޫޕް ހަދައިގެން ބުރު ނުޖެހުމަށާ ކޮފީތަކަށާ ރެސްޓޯރެންޓްތަކަށް ގޮސް އުޅޭއިރު ގައިދުރުކަން ބަހައްޓައިގެން އުޅުމަށްވެސް ކަމާބެހޭ ފަރާތްތަކުންދަނީ ނަސޭހަތްތެރިވަމުންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކިނޮޅަހު ކައުންސިލް މެމްބަރު އަބްދުލް މަޖީދު މަރުވެފައި އޮއްވާ ފެނިއްޖެ

އުމުރުން 48 އަހަރުގެ ރ. ކިނޮޅަހު ކައުންސިލް މެމްބަރު އަބްދުލް މަޖީދު ހަސަން އަވާހަރަވެފައި އޮއްވާ ފެނިއްޖެއެވެ. އަބްދުލް ...

ގަލަސަތަރާއީގެ ކޯޗާއި ނާއިބް ރައީސް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ

ތުރުކީގެ ގަލަސަތަރާއީގެ ކޯޗް ފާތިފް ތެރިންމާއާއި ނާއިބްރައީސް އަބްދުއްރަހީމް އަލްބާރަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެވެ. ހޯމަދުވަހުގެ ވަގުތެއްގައި ...

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސް ޖޫންގައި ބޮޑު ކުރަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދެމުން އަންނަ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑު ކުރައްވާނެ ކަމަށް ...