ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓް- 3 ވަނަ މެޗް ކާމިޔާބުކުރީ ފުވައްމުލަށް ސިޓީ ޕޮލިސް

” ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓްގެ ތިންވަން މެޗް ފުވައްމުލަށް ސިޓީ ޕޮލިސްޓީމު ކާމިޔާބުކޮށްފިއެވެ.

މީދޫ އިޖުތިމާއީމަރުކަޒުގެ ވޮލީކޯޓްގައި ކުޅެވުނު މިމެޗް ފުވައްމުލަށް ސިޓީ ޕޮލިސް ކާމިޔާބުކޮށްފައިވަނި ގއ. ޕޮލިސްއާއި ވާދަކޮށް ދެސެޓް ސުންސެޓުންނެވެ.

މިމެޗްގެ ފުުރަތަމަސެޓް  ފުވައްވުލަށް ޕޮލިސް ކާމިޔާބުކުރީ 13 -25 އިންނެވެ. އަދި ދެވަނަ ސެޓް އެޓީމް ކާމިޔާބުކޮށްފައިވަނީ  15-25 އިންނެވެ.

މިމެޗްގައި ފުވައްމުލަކު ޕޮލިސްޓީމުގެ ކުޅުންތެރީންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މިމެޗްގައި އެޓީމުގެ ރިޝާއާއި އެޓީމަށްކުޅޭ މަރަދޫފޭދޫ ހައްވަގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެންގޮސްފައިވެއެވެ.

ގއ ޕޮލިސްޓީމު – މިޓީމު ފުވައްމުލަށް ސިޓީޕޮލިސްއާއި ވާދަކޮށް ބަލިވީ ސީދާ ދެސެޓުން

މިމެޗުކާމިޔާބުކުރި ފުވައްމުލަށް ސިޓީ ޕޮލިސްޓީމު މިމުބާރާތުގެ ފުރަތަމަމެޗްގައި އައްޑޫސިޓީ ޕޮލިސްއާއި ވާދަކޮށް ސީދާ ސެދެޓުންވަނީ މޮޅުވެފައެވެ. އަދި މިމެޗުން ދެރަވި ގއ. ޕޮލިސް ޓީމު މިމުބާރާތުގައި ކުޅުޅުނު ފުރަތަމަ މެޗްގައި ގދ. ޕޮލިސްޓީމާ ވާދަކޮށް ދެސެޓް އެއްސެޓުން ވަނީ ބަލިވެފައެވެ.

 ރާއްޖޭގެ މަޝްހޫރު ވޮލީ ކޯޗް އިބްރާހިމް ރަޝީދު ( ސަތޯ )  ޝަރަފްވެރިކޮށްދެއްވި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ  ފުވައްމުލަށް ޕޮލިސްޓީމުގެ ރިޝާ ( ރިއްޓޫ ) އެވެ. މިމުބާރާތަކީ އައްޑޫސިޓީ ޕޮލިސް ރިކްރިއޭޝަން ކުލަބު ސައުތު ބްލޫޒް   އިން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. މިމުބާރާތުގެ މެޗްތައް ކުޅެވެނީ މީދޫ ވޮލީކޯޓްގައެވެ.

2-7-2023- މީދޫ އިޖްތިމާއީ މަރުކަޒު- ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓްގެ ތިންވަނަ މެޗްގެ މޮޅުކުޅުންތެރިޔާ ފުވައްމުލަށް ޕޮލިސްޓީމުގެ ރިޝާއާއި އިނާމު ހަވާލްކޮށްދެއްވީ ވޮލީ ކޯޗް ސަތޯ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރީ-ރަޖިސްޓާކުރަން 47،000 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅާފައި- އިލެކްޝަން ކޮމިޝަން

ސެޕްޓެމްބަރު 30، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލުމަށް ރީ-ރަޖިސްޓްރީކުރަން ހުޅުވާލި ފުރުސަތުގައި 47،000 ...

ޔުނައިޓެޑް ބަލިކޮށް ނޮޓިންހަމް ފޮރެސްޓު 15 ވަނައަށް

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ނޮޓިންހަމް ...

އާޔަތްތައް ލިޔުމުގެ ބަދަލުގައި ރިފަރެންސް ދިނުމަށް ބުނި ބުނުން ބާތިލްކުރިން

ގުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ރިފަރެންސް ދިނުމަށް ބުނި ބުނުން ފަހުން ބާތިލު ކުރި ކަމަށް އެޑިއުކޭޝަން ...