ޔޫއެފާ ނޭޝަންސް ލީގު: ސްޕެއިންނާ ކްރޮއޭޝިއާ ފައިނަލަށް

ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ކްރޮއޭޝިޔާއާއި ސްޕެއިންއި ޖާގަ ހޯދައިފިއެވެ.

ކްރޮއޭޝިއާ ފައިނަލަށް ދަތުރުކުރީ ނެދަލެންޑްސް ބަލިކޮށްގެންނެވެ. މިޗްގެ 90 މިނެޓް ހަމަވިއިރު 2 ލަނޑު 2 ލަނޑުން 2 ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ 15 މިނެޓްގެ 2 ހާފު ކުޅެގެންނެވެ. މިގޮތުން  ކުޅެވުނު އިތުރު ވަގުތުގެ ދެހާފް ނިމިނުނުއިރު  ކްރޮއޭޝިއާއިން އިތުރު ދެލަނޑު ކާމިޔާބުކޮށް މި މެޗް ކާމިޔާބުކުރީ 2-4 ލަނޑުންނެވެ.

 ސެމީ ފައިނަލްގެ 2 ވަނަ މެޗް ސްޕެއިންއިން ކާމިޔާބުކުރީ 2-1 އިން އިޓަލީ ބަލިކޮށްގެންނެވެ.

މިމެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ސްޕެއިނުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ޔެރެމީ ޕީނޯ އެވެ. މެޗުގެ 11 ވަަނަ މިނިޓްގައި އިޓަލީން އެއްވަރުކުރީ ޗީރޯ އިމޯބިލޭ ވައްދާލި ޕެނަލްޓިންނެވެ. ސްޕެއިން މޮޅުކޮށްދިން ލަނޑު 88 ވަަނަ މިނެޓްގައި ޖެހީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފޯވާޑް ހޮސޭލޫ އެވެ.

އެންމެ ފަހުން ކުޅުނު ނޭޝަންސް ލީގުގެ ފައިނަލުގައި ވެސް ސްޕެއިން ވާދަކުރި އެވެ. އެ ފަހަރު ސްޕެއިން ބަލިކޮށް ތަށި އުފުލާލީ ފްރާންސްއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރާއްޖޭގައި

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ބާކީހުރި މެޗުތައް ރާއްޖޭގައި ކުޅެން އޭއެފްސީން ނިންމައިފިއެވެ. ރާއްޖެއަށް މި ...

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް- ހުޅުދޫއެފްސީއާއި މައިލޯސިޓީ މޮޅުވިއިރު ޖަންޓާ ގަރާޖާއި އެސްކޭޕީ ޔުނައިޓެޑްއެއްވަރު

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅެވުނު ފުރަތަމެޗް ނިމުނީ ދެޓީމް އެއްވަރުވެގެންނެވެ. ރޭ ކުޅެވުނު ...

އައިއެސްއޭ ސްޓްރީޓް ކަޕް 2018

ފިތުރު އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިމަހުގެ 14 ވަނަ ދުވަހުގެރޭ ” އައިއެސްއޭ ސްޓްރީޓް ކަޕް 2018 ...