ރައީސް ސާލިޙް މިއަދު އައްޑޫސިޓީއަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އައްޑޫ ސިޓީއަށް މިއަދު ވަޑައިގަންނަވާ ގޮތަށް ހަަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރައީސްގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށާއި މިއީ މިއަދުން ފެށިގެން މި މޭ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިދަތުރުފުޅުގައި އެ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށް ދެއްވައި، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އައްޑޫ ސިޓީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީ ހިތަދޫ، ސިޓީ ސްކެއާގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ އޮންނާނީ ރޭގަނޑު 20:30 ގައެވެ.

މީގެ އިތުރުން އެ ސިޓީގައި ކުރިއަށް ދާ ތަރައްގީގެ މުހިއްމު މަޝްރޫއުތައް ބައްލަވައިލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއަހަރު ޖަނަވަރީ މަހު ވެސް ރައީސް ވަނީ އައްޑޫއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަލަސްޠީނާއެކު ހުޅުމީދޫ ރަށްޔިތުން –ހިގާލުން މިއަދު ހަވީރު ހަތަރެއް ޖަހާއިރު

“ދިވެހިންގެ ބޮޑު އެއްވުން” މިނަމުގައި ހުޅުމީދޫގައި ބާއްވާ  ހިގާލުން މިއަދު ހަވީރު އޮންނާނެކަމަށް، މީދޫ އަވަށު އޮފީހާއި ހުޅުދޫ ...

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފި

ވެރިކަން ކުރާ މައި ޕާޓީގެ ރައީސްކަމުގެ މަގާމުންނާއި އެ ޕާޓީގެ މެމްބަރުކަމުގެ މަޤާމުން ރައީސް މުޙައްމަދު ނަޝީދު އިސްތިޢުފާ ...

ނާޒިމް ސައްތާރު ހައްޔަރުކޮށްފި

މީސް މީޑިއާގައި އާއްމުވެފައިވާ އެއް ޖިންސުން ގުުޅުން ހިންގުމުގެ ވީޑިއޯތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކުރީގެ ރައީސް މުހައްމަދު ...