ހުޅުދޫ ޒުވާނުންނާއި ހުވަގު ޖަމްއިއްޔާ ގުޅިގެން ހުޅުދޫގައި ބޭއްވި ” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހިތަދުއަށް ނިސްބަތްވާ “މައިލޯސިޓީ” ހޯދައިފިއެވެ.
“މައިލީސިޓީ” މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބުރާސްފަތި ދުވަހުގެގެރޭ ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު ފައިނަލް މެޗުގައި ހިތަދޫ “އެސްކޭޕީ ޔުނައިޓެޑް ” އާއި ވާދަކޮށް އެޓީމް ބަލިކުރުމަށްފަހުގައެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއރުއިރުވެސް ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައިނުވާތީ ޕެނަލްޓީ ޖަހައިގެން މައިލޯސިޓީން ޗެމްޕިއަންކަން ހޯދީ 2 ލަނޑު 1 ލަނޑުންނެވެ.
ފައިނަލްމެޗްގެ ކުޅުން ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ.
ފައިނަލްމެޗްގެ މޮޅު ކުުޅުންތެރިއަކަށް ހޮވިފައިވަނީ މައިލޯސިޓީގެ ހާޒިމް ފައުޒީ
ފެއަރ ޕްލޭޓީމަކަށް ހޮވިފައިވަނީ ހުޅުދޫ ދެކުނު އެފްސީ
އެންމެ އުއްމީދީ ކުޅުންތެރިޔަކީ ހުޅުދޫ ދެކުނު އެފްސީގެ މުހައްމަދު ނާހިލް އަގީލު
އެންމެ މޮޅު ކޯޗް: ހިތަދޫ މައިލޯސިޓީގެ ޖައިލަމް
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ މީދޫ ކްލަބް ލޮތާރީގެ ހަސަން ސަހާފް
މިމުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރީން
ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު 4 ކުޅުންތެރީން
ހަސަން އަލީ – ހުޅުދޫ އެފްސީ
އީމާން ނަޒީރު – ހިތަދޫ މައިލޯސިޓީ
ހާޒިމް ފައުޒީ – ހިތަދޫ މައިލޯސިޓީ
މުހައްމަދު ސާޖިދު – ހިތަދޫ އެސްކޭޕީ ޔުނައިޓެޑް
މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިތަދޫ މައިލޯސިޓީގެ ކެޕްޓަން ހާޒިމް ފައުޒީ
މިމުބާރާތުގެ ޗެމްޕިއަންޓީމަކަށް ތިރީސްހާސްރުފިޔާ ދީފައިވާއިރު ދެވަނަ ޓީމަކަށް ދީފައިވަނީ ފަނަރަހާސްރުފިޔާއެވެ.
ފައިނަލްމެޗްގެ މޮޅު ކުޅުންތެރިޔާ އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ މައިލޯ ސިޓީގެ ހާޒިމް ފައުޒީ
ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތް: އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ކްލަބް ލޮތާރިގެ ހަސަން ސަހާފް
ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތް:ފެއަރ ޕްލޭޓީމް – ހުޅުދޫ ދެކުނު އެފްސީ
ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތް: އެންމެ އުއްމީދީ ކުޅުންތެރިޔާ – ހުޅުދޫ ދެކުނު އެފްސީގެ ނާހިލް އަގީލު
ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތް: އެންމެ މޮޅު ކޯޗް ޗެމްޕިއަން މައިލޯސިޓީގެ ކޯޗް ޖައިލަމް
ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތް: ރަނައަޕްޓީމް: ހިތަދޫ އެސްކޭޕީ ޔުނައިޓެޑް
ކޮމެންޓްސް (0)