ސެމީގައި މައިލޯއާއި ޒެފިޔާ އަދި އެސްކޭޕީ ޔުނައިޓެޑާ ހުޅުދޫ އެފްސީގެ ކުރިމަތިލުމެއް

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ  ސެމީ ފައިނަލުގައި ހިތަދޫ ޒެފިޔާއާއި ހިތަދޫ މައިލޯސިޓީ  އަދި ހިތަދޫ އެސްކޭޕީ ޔުނައިޓެޑާ ހުޅުދޫ އެފްސީ ބައްދަލުކުރާގޮތައް ހަމަޖެހިއްޖެވެ.

މިގޮތައް ހަމަޖެހުނީ ރޭ ކުޅެވުނު މިމުބާރާތުގެ ސެމީފައިނަލްގެ މެޗްތަކަށްފަހު ބޭއްވުނު ގުރުއަތުލުމުގައެވެ.

ރޭ ކުޅެވުނު ފުރަތަމަ ކްއާޓާ ފައިނަލްމެޗް ގައި މީދޫ ގައުމިއަންސްއާއި ހިތަދޫ ޒެފިޔާ ބައްދަލުކުރި މެޗް އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން ޒެފިޔާ ސެމީފައިނަލުން ޖާގަހޯދީ ޕެނަލްޓީ ޖަހައިގެން 1-0 އިން ގައުމިއަންސް ބަލިކޮށްފައެވެ.

ހިތަދޫ އެސްކޭޕީ ޔުނައިޓެޑް ސެމީއަށް  ދަތުރުކުރީ ކުއާޓާ ފައިނަލުގެ ދެވަނަ މެޗްގައި  މީދޫ ކްލަބް ލޮތާރި 1 ލަނޑު 0 ލަނޑުން  ބަލިކޮށްގެންނެވެ.

މިމުބާރާތުގެ ސެމީފައިލްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭގައެވެ.  

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޓީޑީގެ ރައީސަކަށް އަދީބު އައްޔަންކުރައްވައިފި

މޯލްޑިވްސް ތާރޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސަކަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އައްޔަންކުރައްވައިފިއެވެ. އެމްޓީޑީގެ ރައީސް ...

އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަސް ފާހަގަކޮށްފި

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަސް ރާއްޖޭގެ އެކި ހިސާބުތަކުގައި ފާހަގަކޮށްފިއެވެ. ކޮންމެ އަހަރަކުވެސް އޭޕްރިލް މަހުގެ ...

އައްޑޫގައި އިތުރު ފަސް ދުވަހަށް ކާފިއު ހިންގަން ނިންމައިފި

އައްޑޫ ސިޓީގައި އިއުލާންކޮށްފައިވާ ކާފިއު އިތުރު ފަސްދުވަހަށް ދަންމާލައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އައްޑޫގައި އިތުރުފަސް ދުވަހަށް ކާފިއު ހިންގުމަށް ...