ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް: ދެކުނު އެފްސީ ބަލިކޮށް ވައިކިންގު މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި.

ހުވަގު ޖަމްއިއްޔާއިން އިންތިޒާމްކޮށްގެން  ކުރިއަށްގެންދާ ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތުގައި  ހުޅުދޫ ދެކުނު އެފްސީ ބަލިކޮށް މުބާރާތުގެ ފުރަތަމަ މޮޅު ވައިކިންގު ހޯދައިފިއެވެ.

ރޭ ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މިމެޗުން ވައިކިންގު މޮޅުވެފައިވަނީ   1 ލަނޑު 0 ލަނޑުންނެވެ.  ދެކުނު އެފްސީ އަތުން ވައިކިންގު ރޭ މޮޅުވިކަމުގައި ވިޔަސް  މުބާރާތުގައި އެޓީމް މީގެ ކުރީން ކުޅުނު ދެމެޗުންވެސް ވަނި ބަލިވެފަ އެވެ.  

ތަޖުރިބާކާރު ކުޅުންތެރީން ހިމެނޭ ވައިކިންގު އަތޮޅުން 1 ލަނޑު 0 ލަނޑުން ބަލިވިކަމުގައިވިޔަސް މިމެޗްގައި ހުޅުދޫ ދެކުނު އެފްސީގެ ޒުވާން ކުޅުންތެރީންގެ ފަރާތުންވެސް  މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ.

ރޭގެ މިމެޗަށް ފަހު ގްރޫޕް ސްޓޭޖް ގައި ވައިކިންގު ކުޅުނު 3 މެޗުން އެޓީމަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.  ދެކުނު އެފްސީ ކުޅުނު ތިންމެޗުންވެސް ބަލިވެފައިވާތީ އެޓީމަށް އަދި ޕޮއިންޓެއް ލިބިފައިނުވެއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވައިކިންގުގެ އިބްރާހިމް ނަވާލުއެވެ.

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް: ދެކުނު އެފްސީ އާއި ވައިކިންގު ބައްދަލުކުރިމެޗްގެ މޮޅުކުޅުންތެރިޔާ: އިބްރާހިމް ނަވާލު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެކުވެރިކަމުގެ ފުޓްބޯޅަމެޗް: މޮޅުވީ އަތޮޅުމަދަރުސާ ޓީމް

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ތައްޔާރުވަމުންދާ ސ. އަތޮޅުމަދަރުސާގެ 16 ...

އެމްއީސީ ބަދަހިކަޕް – އެސްޓީއޯ 164 ހާޒިރު ނުވުމުން މެޗް ހުދުހުދަށް

ހުޅުމީދޫގައި ހިންގަމުންދާ މުވައްސަސާތަކަށް ހުޅުވާލައިގެން މީދޫ އެކުވެރިންގެ ޗޭނު ޖަމްމިއްޔާއިން އިސްނަގައިގެން ” އެމްއީސީ ބަދެހިކަޕް” ގެ ނަމުގައި ...

އައްޑޫސިޓީ ރަސްރަނި ނެޓްބޯޅަ ޗެލެންޖް – ހުޅުދޫ ޔޫތާއި ފެނަކަ ސެމީއަށް 

ހުޅުދޫ  ހެލްޕިންގ ސޯޝަލް ކެއާ އިން އިންތިޒާމުކޮށްގެން ހުޅުދޫގައި    މިހާރު ކުރިއަށް ގެންދާ އައްޑޫރަސްރަނި ނެޓްބޯޅަ ޗެލެމްޖްގެ ސެމީ ...