އާސެނަލްގައި 12 އަހަރު ހޭދަކުރުމަށްފަހު ވޮލްކޮޓް އެވަޓަންއާއި ގުޅިއްޖެ

ދިގު މުއްދަތެއް އާސެނަލްގައި ހޭދަކުރުމަށްފަހު ތިއޯ ވޮލްކޮޓް އެވަޓަންއާއި ގުޅިއްޖެއެވެ.

ތިން އަހަރާ ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން އުމުރުން 28 އަހަރުގެ ވޮލްކޮޓް އެވަޓަންއާއި ގުޅިފައިވަނީ 20 މިލިއަން ޕައުންޑުގެ އަގަކަށެވެ.

ވޮލްކޮޓް ވަނީ އާސެނަލްއަށް ކުޅެދިން 396 މެޗުގައި 108 ލަނޑު އެ ޓީމަށް ޖަހާދީފައެވެ. އަދި އާސެނަލްއާއެކު އޭނާ ހޭދަކުރި މުއްދަތުގައި އެ ޓީމާއެކު އޭނާވަނީ ތިން ފަހަރުގެ މަތިން އިނގިރޭސި އެފްއޭ ކަޕްގެ ތަށި ވެސް އުފުލާލާފައެވެ.

މި ހިނގާ ޓްރާންސްފަރ ސީޒަނުގައި އެވަޓަންއިން ވަނީ މިހާތަނަށް 40 މިލިއަނަށް ވުރެ ގިނަ ޕައުންޑް ހޭދަކޮށްފައެވެ. އެގޮތުން 20 މިލިއަން ޕައުންޑުގެ އަގަކަށް އެވަޓަންއިން ވޮލްކޮޓް ގަނެފައިވާއިރު، 21 މިލިއަން ޕައުންޑުގެ އަގަކަށް ތުރުކީގެ ސެންކް ޓޯސުން ވެސް އެ ޓީމަށް ވަނީ ގެނެސްފައެވެ.

އާސެނަލްގައި 12 އަހަރު ހޭދަކުރުމަށްފަހު ވޮލްކޮޓް އެ ޓީމު ދޫކޮށްލާފައިވާއިރު، އާސެނަލްގެ ފްރާންސިސް ކޮކޮލާން ވެސް ވަނީ އެ ޓީމު ދޫކޮށް ސްޕޭނުގެ ވެލެންސިއާއާއި ގުޅިފައެވެ.

މީގެ އިތުރުން ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑުން އާސެނަލްގެ އެންމެ މުހިންމު އެއް ފޯވަޑް އެލެކްސިސް ސަންޗޭޒް ގަތުމާ ގުޅޭގޮތުން ދަނީ މަޝްވަރާ ކުރަމުންނެވެ. އަދި ސަންޗޭޒްގެ ބަދަލުގައި ޔުނައިޓެޑުން ހެންރިކް މިކިތާރިޔަން އާސެނަލްއަށް ދޫކޮށްލާނެ ކަމަށް ޓްރާންސްފަރ މާކެޓް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝިޔާންޓޭ ޕްރައިމަރީ ކާމިޔާބުކޮށްފި

އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް ށ އަތޮޅު ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީން ވާދަކުރުމުގެ ޓިކެޓު މުޙައްމަދު ޝިޔާމް ( ޝިޔާންޓޭ ) ކަށަވަރުކޮށްފިއެވެ. ށ ...

އަދީބާއި ޒިޔަތު މިނިވަން ކުރުން – އެއީ ނަހަމަގޮތުގައި ބާރުގެ ބޭނުން ހިފުން- ޓްރާންސްޕޭރެންސީ މޯލްޑިވްސް

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު  ޒިޔަތަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ...

ޑރ.ވަޙީދު ޕީޕީއެމުން ވަކިވެވަޑައިގެންފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން ...