އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައި ވަނީ އައްޑޫ ސިޓީ ގަމާއި ހުޅުމީދޫ އަަށް

އިއްޔެގެ ހެނދުނު 8:00 އިން މިއަދުގެ ހެނދުނު 8:00އާ ހަމައަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައި ވަނީ އައްޑޫ ސިޓީގެ ގަމާއި ހުޅުމީދޫ އަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.

މެޓުން ބުނީ އައްޑޫ ސިޓީ ގަމަށް 120 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ. އަދި އެ ސިޓީގެ ހުޅުމީދޫ އަށް 113 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ.

ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައި ވަނީ މާލެއަށެވެ. 81 މިލިމީޓަރުގެ ވާރެއެވެ.

ލ. ކައްދޫ އަށްވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހުނު ކަމަށް ރިކޯޑުތަކުން ދައްކައެވެ. އެއީ 41 މިލިމީޓަރުގެ ވާރެއެވެ.

ރާއްޖެ އަށް މިހާރު ކުރަމުން މި އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

މެޓުން ބުނީ މިއަދާއި މާދަމާ އާއްމު ވައި 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނުގައި ޖެހޭނެ ކަމަށެވެ. ނަމަވެސް ވިލާގަނޑުގައި 40 މޭލާއި 50 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އެހެންކަމުން ކަނޑުތައް ގަދަވެ، ބައެއް ރަށްތަކަށް އުދަވެސް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުންޏެވެ.

އެހެންކަމުން މެޓުން ވަނީ މޫސުމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހި ކުރިމަތިވާނެ ނުރައްކާ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށްވެސް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ މަލްޓިޕާޕަސް ކޮމިއުނިޓީ ޕާކް ސާފްކޮށްފި

ނަލަފެހިން މީދޫގައި ތައްޔާރު ކުރަމުންދާ ޕާކް ސާފުކުރުމުގެ އިވެންޓެއް ބާއްވައިފިއެވެ. މިއަދު ހެންދުނު ބޭއްވި މި އިވެންޓުގައި ނަލަފެހި ...

ރާއްޖޭގެ ގިނަ މުއައްސަސާތަކަކީ ކޮރަޕްޝަންގެ ހާއްޔެއް: އިހްސާން

ޤާނޫނު ތަންފީޒު ކުރާ މީހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ގިނަ މުއައްސަސާތައް ކޮރަޕްޝަނުގެ ހާއްޔަކަށްވެފައިވުންކަމަށް ހޯމްލޭންޑް ...

މީރާ މަސައްކަތް ކުރަނީ ވިޔަފާރިތައް ފުނޑުފުނޑުކޮށްލަން: އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މަސައްކަތް ކުރަމުންދަނީ ގާނޫނުތައް އަމިއްލަ ގޮތަކަށް މާނަކޮށްގެން ވިޔަފާރިތައް ފުނޑުފުނޑުކޮށްލުމުގެ ...