ހަސަދަވެރިކަމާއި ރުޅިވެރިކަމަކީ މުޖުތަމަޢުގައި ފެތުރެމުންދާ ބޮޑު ވަބާއެއް: ޝައިޚް އިލްޔާސް ޙުސައިން

ހަސަދަވެރިކަމާއި ރުޅިވެރިކަމަކީ އަޅުގަނޑުމެން ތެރޭގައި ފެތުރެމުންދާ ބޮޑު ވަބާއެއްކަމަށް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް މިހެން ވިދާޅުވީ ކިނޮޅަހު މަސްޖިދުލް ފުރްޤާންގައި ދެއްވި ދަރުސެއްގައެވެ. 

“رسول الله صلي الله عليه وسلم ގެ ޙަދީޘް ކުރައްވާފައިވަނީ ތިޔަބައިމީހުންގެ ކުރީގެ އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ތެރެޔަށް ފެތުރިގެންދިޔަ ވަރަށް ބޮޑު ވަބާއެއް ތިޔަބައިމީހުންގެ ތެރެޔަށް ވެސް ފެތުރިގެން އެބަދޭ.އެއީ ހަސަދަވެރިކަމާއި ރުޅިވެރިކަން.” ބައްލަވާލައްވާ މުސްލިމުންގެ ޙާލަތަށް. ކިހިނެއްތޯ ވަނީ؟”

ޝައިޚް އިލްޔާސު ވިދާޅުވިއެވެ.

” އަޅުގަނޑުމެންގެ ހުރިހާ އަޅުކަމެއް ފުހެލީ.ހަސަދަވެރިކަމަކީ އިންސާނާގެ ހެޔޮކަންތައް ހަމަ ސިކުންތެއްގެ ތެރޭގައި ހުލިކޮށްލާ ކަމެއް.ހަމަ ފުހެލާނެ. “رسول الله صلي الله عليه وسلم ޙަދީޘް ކުރައްވަނީ އަލިފާން ދަރު އަންދާލާ ފަދައިން މީހާގެ ހެޔޮކަންތައް ފުހެލާނެ ހަސަދަވެރިކަން.”އެހެންވީމާ ސަލާމާތްވާން އެބަ ޖެހޭ .އުޑުގައިވެސް އެންމެ ފުރަތަމަ ފާފަ ކުރެވުނީ ހަސަދަވެރިވުމުގެ ސަބަބުން. ބިންމަތީގައި އެންމެ ފުރަތަމަ ލޭއޮހޮރިގެންދިޔައީ ހަސަދަވެރިވުމުގެ ސަބަބުން.” 

ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ އުޑުގައި ވެސް އަދި ބިމުގައި ވެސް އެންމެ ފުރަތަމަ ފާފަ ކުރެވުނީ ހަސަދަވެރިވުމުގެ ސަބަބުން ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ އިބިލީސް އާދަމްގެ ފާނަށް ހަސަދަވެރިވެ މާތް ﷲ އަށް އުރެދުނީކަމަށާއި ޤާބިލް ޚާބިލް ޤަތުލުކުރީވެސް ހަސަދަވެރިވުމުގެ ސަބަބުން ކަމަށެވެ.އަދި ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ އަޞްލަކީ ބޮޑާވެގަތުމާއި ކިބުރުވެރިވުމުން ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.

މަސްދަރު: މިއީ 12 އޯގަސްޓް 2012 ވަނަ ދުވަހު ދިއިސްލާމް ޑޮޓްކޮމްގައި ޝާއިއުކޮށްފައިވާ ލިއުމެއް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ، ކުޅުދުއްފުށި އަދި އޭދަފުށީގައި ޕީސީއާރު ޓެސްޓު ހެދުމަށް ތައްޔާރުވަނީ

އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އަދި ބ. އޭދަފުށީގައި ޕީސީއާރު ޓެސްޓު ހެދުމަށް ތައްޔާރުވާން ފަށައިފިއެވެ. މިކަން ...

އެލްކްލެސިކޯ މެޗް ބާސާ ބަލިކޮށް ރެއާލް ކާމިޔާބުކޮށްފި

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެރޭ ކުޅެވުނު އެލް ކްލެސިކޯ މެޗުގައި ބާސެލޯނާ ބަލިކޮށް ރެއާލްމެޑްރިޑް މެޗް ކާމިޔާބުކޮށްފިއެވެ. މިމެޗް ...

ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލިތާ 10 އަހަރު – އަދިވެސް ޙަޤީޤަތް ނޭނގޭ

ޕާކިސްތާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލީ 27 ޑިސެމްބަރު 2007 ގައި 15 އަހަރުގެ ކުއްޖަކު ...