އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލަން ރާއްޖޭގެ ހުރިހާ ދާއިރާތަކަށް ޓީމުތައް ފޮނުވަނީ

އަންނަ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވައިލާ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ރާއްޖޭގެ 87 އިދާރީ ދާއިރާއަށް އެމްޑީޕީގެ ޓީމުތައް ފޮނުވަން އެ ޕާޓީން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ ރަށްތަކަށް ޓީމުތައް ފޮނުވަން ހަމަޖެހިފައިވަނީ އެއްފަހަރާ ކަމަށާއި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމުގެ އިތުރުން މި ދަތުރުގެ މައިގަނޑު މަގުސަދަކީ ޕާޓީއާއި ދާއިރާތަކާ ދެމެދު އޮތް ގުޅުން ބަދަހިކުރުމާއި ރިޔާސީ ކެމްޕޭނަށް ތައްޔާރުވުމެވެ.

މި ދަތުރުގައި އެމްޑީޕީގެ ޓީމުތަކުން ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންނާއެކު ވަކިވަކި ބައްދަލުވުންތައް ވެސް ބާއްވާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ފެށިގެންދާނެ

އައު ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި އައްޑޫ ސިޓީ ހުޅުމީދޫގެ ބުރިޖު މަސައްކަތް ފެށޭނެ ކަމަށް ޕީޕީއެމް/ޕީއެންސީ ...

އެއްވެސް މީހަކަށް ވަޒީފާގެ ބިރެއް ނެތް

ސަރުކާރުން އެއްވެސް މީހަކަށް ވަޒީފާގެ ބިރެއް ނުދައްކާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. ...

ކޯވިޑް-19: ކެފޭ ރެސްޓޯރަންޓް ތަކުގައި ޝީޝާ ބުއިން މަނާކޮށްފި

ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރެންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުން ...