ކޯވިޑް-19: ކެފޭ ރެސްޓޯރަންޓް ތަކުގައި ޝީޝާ ބުއިން މަނާކޮށްފި

ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރެންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުން މަނާކޮށްފިއެވެ.

ކެފޭ ރެސްޓޯރަންޓްތަކުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުން ހުއްޓާލަން އަންގާފައިވަނީ ދިވެހިރާއްޖޭގައި ކޯވިޑް 19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ރާއްޖޭގައި މިހާރު އިޢުލާންކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

އެގޮތުން ރޭ 12:00 އިން ފެށިގެން، ވަކި ގޮތެއް އަންގަންދެން، ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުން ވަނީ މަނާކުރައްވާފައެވެ.

އަދި މިކަން ތަންފީޛުކޮށް، އަޅަންޖެހޭ ފިޔަވަޅަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހާ އިދާރާތަކަށާއި ފަރާތްތަކަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުވަނީ އަންގަވާފައެވެ.

އަދި، މި އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހާ ފަރާތްތަކަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އަންގާފައެވެ.

ރާއްޖޭގައި، ޚާއްސަކޮށް ވެރިރަށް މާލޭގައި އެކަކަށްވުރެ ގިނަ މީހުންގެ ގްރޫޕްތަކުން މިފަދަ ޚިދުމަތްދޭތަންތަނަށްގޮސް ޝީޝާބޯތަން ފެނެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ބަޔަކު އެއްތަނަށް އެއްވުން މިވަގުތަށް އެންމެ ރަނގަޅުނޫންކަން ކަމާގުޅުހުންހުރި އިދާރާތަކުންނާއި ތަޖުރިބާކާރުންދަނީ ވިދާޅުވަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަތޮޅުމަދަރުސާގެ ދެ ދަރިވަރުން ގައުމީ ގަދަ ދިހައެއްގައި ހިމެނިއްޖެ

ނިމިދިޔަ 2021-2022 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގައުމީ ގަދަ ދިހައެއްގައި ސ. އަތޮޅުމަދަރުސާގެ ދެ ދަރިވަރުން ހިމެނިއްޖެވެ. ...

ކޯވިޑް-19 : އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެ

ނުރައްކާތެރި ކޮވިޑް-19 އަށް އިތުރު ހަތަރު މީހުން ޕޮޒިޓިވް ވެއްޖެއެވެ. އެޗްޕީއޭ އިން ދާދިދެންމެ ހާމަކޮށްފައިވާގޮތުން ، ރާއްޖެއިން ...

އަވިން އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫއު ބޮޑު ހަ ރަށަށް

އާބާދީ ބޮޑު ހަ ރަށެއްގައި އަވިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫއުއެއް ހިންގުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ. ...