ރާއްޖޭގެ ދެކުނުން އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމާ ގުޅިގެން، ރާއްޖޭގެ ދެކުނުގެ ބޯޑަރު ކޯސްޓްގާރޑުން ބަލަހައްޓަމުން ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިންވަކިކުރުމުގެ މައްސަލާގައި، ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް، ރާއްޖެއަށް ކާމިޔާބުވުމާ ގުޅިގެން، ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖެ އާއި، މޮރީޝަސްގެ ކަނޑުގެ ސަރަޙައްދު ކަނޑައެޅުމާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން) ން ނިންމި ނިންމުމާ އެއްގޮތަށް ރާއްޖޭގެ ދެކުނުގެ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅިއްޖެ ކަމަށެވެ. މިކަމާ ގުޅިގެން ޢަމަލުކުރާނެ ގޮތްތަކަށް ކެބިނެޓުގައި މަޝްވަރާކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ދެކުނުން، އިންކަނޑައެޅިގެން ދިއުމުން، ރާއްޖޭގެ އުތުރުގައި ކޯސްޓްގާރޑުން ބޯޑަރު ބަލަހައްޓަމުން ގެންދާހެން، ދެކުނުގައިވެސް އެކަން ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މީގެ ކުރިން އިންކަނޑަނޭޅުމުގެ ސަބަބުން ބޭރުގެ މަސްވެރިން ރާއްޖޭގެ ސަރަޙައްދުން ނަފާ ހޯދަމުން ދިޔަކަމަށާއި، ނަމަވެސް ރާއްޖޭގެ އިންކަނޑައެޅުމުގެ ސަބަބުން އެކަން ހުއްޓުވާނެކަމަށެވެ. އަދި އެކަމުން ރާއްޖޭގެ މަސްވެރިންނަށް ވެސް ފައިދާވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ދެކުނުގައި ފިޝަރީޒް މިނިސްޓްރީއާއި، އެންވަޔަރަމަންޓް މިނިސްޓްރީން ރާއްޖޭގެ ފަރާތުން ކުރަންޖެހޭ ކަންކަން ކުރުމަށް މަޝްވަރާކުރެއްވި ކަމަށެވެ.

ރާއްޖޭގެ ޤާނޫނު އަސާސީގައި ރާއްޖޭގެ ސަރަޙައްދު ސާފުކޮށް ބަޔާންކުރާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، 1976 ވަނަ އަހަރު ރާއްޖޭގެ އުތުރާއި، އިރު އުތުރާއި، އިރު ދެކުނުން އިންކަނޑައެޅިފައިވާ ކަމަށާއި، ނަމަވެސް ދެކުނުގެ ކަނޑުގެ ސަރަޙައްދު މިހާތަނަށް ކަނޑައެޅިފައި ނެތީކަމަށެވެ. ނަމަވެސް އެ އިންވެސް ކަނޑައެޅިގެން ދިޔައީ ބައިނަލްއަޤްވާމީ މުއާހަދާތައް ބުނާގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ނިމިގެންދިޔަކަމަކީ އަޅުގަނޑު ދަންނަވާނީ ޤާނޫނީ ހަމަތަކާ އިންތަކުގެ ތެރެއިން ރާއްޖޭގެ އިންވަކިކުރެއްވި ފުރިހަމަވެގެން ދިޔަ ދިއުމެއްކަމަށް. ރާއްޖެއަކީ ބައިނަލްއަޤްވާމީ އިންތަކާއެއްގޮތަށް ފުރިހަމަވެފަ އޮތް ބައުންޑަރީއެއް އޮތް ޤައުމެއްކަމަށް.”

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިޓްލޮސްގައި ރާއްޖޭގެ ބައުންޑަރީގެ މައްސަލަ ނިމިގެންދިޔަ ގޮތް ރައީސް ސިފަކުރެއްވީ ރާއްޖެއަށާއި، ރައްޔިތުންނަށް އަދި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. ރައީސް ވަނީ ބަންޑާރަނާއިބާއި، އެމަނިކުފާނުގެ ޤާނޫނީ ޓީމުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެއްވިކަމަށްވެސް ވިދާޅުވެފައެވެ. އަދި އެ ޤާނޫނީ ޓީމުން މަސައްކަތްކުރެއްވީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ އާއި، ލަފާދެއްވި ގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިން ކަނޑައެޅިގެން ދިޔައީ ރާއްޖޭގެ އެއްވެސް ސަރަޙައްދެއް އުނި ނުވެކަމަށެވެ.

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަކިލޯ މީޓަރުގެ ސަރަޙައްދުގެ ތެރެއިން އިޓްލޮސްގެ ނިންމުމާ ގުޅިގެން އްޖެއަށް 47،232 އަކަކިލޯމީޓާރު ސަރަޙައްދެއް ލިބެއެވެ. މޮރީޝަސްއަށް ލިބެނީ 45،331 އަކަކިލޯމީޓަރުގެ ސަރަޙައްދެކެވެ. ޓްރައިބިއުނަލުން މިގޮތަށް ނިންމާފައިވަނީ ރާއްޖެއިން ހުށައެޅިގޮތަށެވެ.

މަސްދަރު:

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19 – މިއަދު ހުޅުދޫއާއި މީދުން ނެގުނު އެއްވެސް ސާމްޕަލެއް ޕޮޒިޓިވްނުވޭ

ހުޅުދޫއާއި މީދުން މިއަދު ނެގި އެއްވެސް ސާމްޕަލެއް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިނުވާކަމަށް ހުޅުމީދޫ ސިއްހީމަރުކަޒުން މައުލޫމާތު ...

ށ. ނަރުދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ށ. ނަރުދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. “ސީއެންއެމް” ރިޕޯޓްކޮށްފައިވާގޮތުގައި މިފަހަރު ނަރުދޫއިން ޕޮޒިޓިވްވެފައިވަނީ ...

ސަލަފުން މިރަމަޟާންމަހުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ

ޖަމިއްޔަތުއްސަލަފްގެ ފަރާތުން މިއަހަރުގެ ރަމަޟާންމަހުގައިވެސް ދީނީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ...