ޝިފާޒް ވަކިކުރަން ނިންމީ ޕީޖީ ގުރޫޕުންވެސް އެދިގެން: ރޮޒައިނާ

ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުން އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުވަކިކުރީ އެމްޑީޕީގެ ޕީޖީ ގްރޫޕުންވެސް އެދިގެންކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ޝިފާޒު މަގާމުން ވަކިކުރުމުން އެކަމަށް ފާޑު ކިޔާ މީހުންނަށް ރައްދު ދެއްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ސިޔާސީ މަގާމެއްގައި ހުންނަވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް މަސައްކަތް ކުރާއިރުވެސް އޭނާއަކީ ވެރިކަން ހޯދަން މަސައްކަތް ކުރި މީހެއްކަމަށް ބަލައިގެން މަގާމުގައި ބެހެއްޓުމަކީ ބުއްދި ގަބޫލު ކުރެވޭކަމެއް ނޫންކަމަށެވެ.

ޝިފާޒް މަޤާމުން ވަކިކުރައްވާފައިވާއިރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ހުސައިން އަމްރު ވެސް ވަނީ މަޤާމުން ވަކިކުރައްވާފައެވެ. އޭނާއަކީވެސް ރައީސް ނަޝީދު ހިންގަވާ ފިކުރެއްގެ ދިރުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

50 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކޮށް އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފި

އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް  50 މޭލާށް ވައިގަދަވެދާނެކަމަށް ލަފާކޮށް ރީނދޫ އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއިބެހޭ އިދާރާ މެޓް ...

ނަޝީދާ ވާހަކަ އެބަދެކެވޭ، ދެ ރައީސުން އެއްކޮށް ފެނުމުގެ އުންމީދު ބޮޑު: ފައްޔާޒް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ކޯލިޝަން ހެދުމަށް އެމްޑީޕީން ހުރިހާ ފަރާތްތަކާއި އެކުވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި، ރައީސް ...

ފޮޓޯއިން ޚަބަރު: ފެނަކައިގެ އޮންލައިން ބިލިންގ ސޮފްޓްވެއަރ ލޯންޗް ކުރުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ އޮންލައިން ބިލިންގ ތައާރަފްކުރުމަށްޓަކައި ފެނަކައިން އާ ސޮފްޓްވެއާއެއް ލޯންޗް ކުރުމަށް ބޭއްވި ...