އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު، ރައީސް އޮފީހުން ވަކިކޮށްފި

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ރައީސް އޮފީހުގެ މިނިސްޓަރުކަމުން ވަކިކުރައްވައިފިއެވެ.

ޝިފާޒު ވަކިކުރައްވާފައި މި ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ރައީސް އޮފީހަށް އޭނާ ވަޑައިނުގަންނަވާ މައްސަލަ ވެސް ބޮޑުވެފައިވަނިކޮށެވެ.

މީގެ އިތުރުން އޭނާ ވަކިކުރައްވާފައި މި ވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައި، ސަރުކާރާ ދެެކޮޅަށް ހިންގަވާ “ފިކުރެއްގެ ދިރުން” ހަރަކާތުގައި އިސްކޮށް އުޅުއްވާ ހުސެން އަމްރު ވެސް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކުރައްވާފައިވަނިކޮށެވެ.

ރައީސް ސާލިހު އައްޔަން ކުރެއްވި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުތަކުން ވަކިކުރަން ފަށާފައި މި ވަނީ އެމްޑީޕީގެ ދެ ފެކްޝަންގެ ކޯލުން ބޮޑުވެ، އެމްޑީޕީގެ ތެރެއިން ސަރުކާރަށް ފާޑުކިޔަމުންދާ ދުވަސްތަކެއް ފާއިތުވެދިޔަ ފަހުންނެވެ.

ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން، އެހެން މަގާމުތަކުގައި ތިއްބެވި ސިޠާސީ އެހެން ބޭފުޅުން ވެސް ވަކިކުރުމުގެ މަސައްކަތް ރައީސް އޮފީހުން ދަނީ ކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19- ހުޅުދޫ – ހޯމްކަރަންޓީނުގައި ތިބިބަޔަކު ޕޮޒިޓިވްވެއްޖެ

ހުޅުދޫގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ސާދަ ދުވަހުގެ ހޯމް ކަރަންޓީންގެ މުއްދަތު ...

ކޮވިޑްގައި 30 އަހަރުގެ ޒުވާން އަންހެނަކު މަރުވެއްޖެ

ކޮވިޑް ބަލި ޖެހިގެން ފަރުވާދެމުން ދިޔަ 30 އަހަރުގެ އަންހެނަކު މަރުވެއްޖެ އެވެ. މިއީ ކޮވިޑްގައި ރާއްޖެ އިން ...

މަތިކިޅި ސަރަހައްދު ބެލެހެއްޓުމަށް ސިޓީ ކައުންސިލާ ހަވާލުކޮށްފި

މަތިކިޅި ސަރަހައްދު ހިންގާ ބެލެހެއްޓުމަށް އައްޑޫ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ. މަތި ކިޅި  ބެލެހެއްޓުން ސިޓީ ކައުންސިލާއި ހަވާލްކުރުމުގެ ...